twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ވެލިދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ޚަދީޖާ އާދަމް
Dec 15, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި ބޭންކިން ބްރާންޗެއް ގާއިމް ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިން ހިދުމަތް ދޭ ތިން ބްރާންޗާއި، ތިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖެންޓުން މެދުވެރިކޮށް އެ ބޭންކްގެ ހިދުމަތް ލިބިގެންދާނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

ގައުމީ ބޭންކުގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ބްރާންޗުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ. މިއާއެކު ބްރާންޗުން އެކައުންޓް ހުޅުވުމާއި، ޕާސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ބޭންކުން ބުނެ އެވެ.

އަދި މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293