ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަ ޝީޝާ އިން މިދިޔަ ނޮވެމްބަރު މަހު ފެށި އެ ކުންފުނީގެ 32 ވަނަ އަހަރީ ޕްރޮމޯޝަންކަމަށްވާ "ބައްތިރީސް" ޕްރޮމޯޝަނުގެ ތެރެއިން ބޮޑެތި ޑިސްކައުންޓްތަކާ އެކު 10 ދުވަހުގެ މުއްދަތަށް ލިމިޓެޑް އޮފާއެއް ހުޅުވާލައިފިއެވެ.
ޝީޝާއަކީ މަގްބޫލުކަން ހޯދާފައިވާ ސައިކަލު ބްރޭންޑް ކަމަށްވާ "ހޮންޑާ"ގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ އެވެ. ބޮޑު ޑިސްކައުންޓެއް ލިބޭގޮތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މި ޕްރޮމޯޝަންގެ ތެރެއިން އިތުރު އޮފާއެއް ކުރިއަށްގެންދަން ޝީޝާ އިން ނިންމާފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މިއަދުން ފެށިގެން 10 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ އޮފާގެ ދަށުން ދިވެހިންގެ ތެރޭގައި މަގުބޫލްކަން ހޯދައިފައިވާ ސްކޫޕީ އައިގެ 2018 އާއި އެއަރބްލޭޑް ސައިކަލުތައް ޑިސްކައުންޓް އަގެއްގައި ލިބެން ހުންނާނެ ކަމަށް ޝީޝާއިން ބުންޏެވެ.
މި ހާއްސަ އޮފާގެ ދަށުން ޝީޝާއިން 51،600 ރުފިޔާއަށް ވިއްކަމުންދާ ސްކޫޕީ ޕްރެސްޓޭޖް 2018 މޮޑެލްގެ ސައިކަލު އޮފާގެ ތެރެއިން 42،500 ރުފިޔާއަށް ލިބޭނެ ކަމަށާއި 54،000 ރުފިޔާއަށް ވިއްކަމުންދާ ސްކޫޕީ ކްލަބް ޓްވެލް 2018 މޮޑެލްގެ ސައިކަލު އޮފާގެ ތެރެއިން 44،500 ރުފިޔާއަށް ވިއްކަމުންދާއިރު 62،000 ރުފިޔާއަށް މިހާރު ވިއްކަމުންދާ އެއާބްލެޑް އެޑްވާންސް މޮޑެލްގެ ސައިކަލު މި އޮފާގެ ތެރެއިން ވިއްކަމުން ދާނީ 53،000 ރުފިޔާއަށެވެ. އަދި މިހާރު 63،500 ރުފިޔާއަށް ވިއްކަމުންދާ އެއާބްލެޑް ބްލެކް އެޑިޝަން ސައިކަލު އޮފާގެ ތެރެއިން ވިއްކަމުން ދާނީ 54،000 ރުފިޔާއަށެވެ.
ޝީޝާއިން މައުލޫމާތުދޭ ގޮތުގައި އޮފާގައި ހުރި ސައިކަލުތަކަކީ މިހާރުވެސް ސްޓޮކްގައި ހުރި ސައިކަލު ތަކެވެ. އެހެންކަމުން މި އޮފާ ކުރިއަށްދާ ދުވަސްތަކުގައި ފައިސާ ދައްކާ ސައިކަލުތައް ވީ އެންމެ އަވަހަކަށް ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގައި އެއްކޮށް ފައިސާ ދައްކާ ފަރާތްތަކަށާއި ޝީޝާ އިންސްޓޯލްމެންޓް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލު ވިއްކަމުން ދާނެ ކަމަށެވެ. މި ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓެއްގެ ކުރިއަށް ދާނެއެވެ
ޝީޝާގެ މައި އައުޓްލެޓް މާލޭގައި ހުންނައިރު ޝީޝާގެ އައުޓްލެޓެއް ކުޅުދުއްފުށީ، ހުޅުމާލޭގައި އާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން، ލ. ގަމުގައި ހިންގައެވެ.