twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ޑްރަގު ވިޔަފާރި ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ: އުމަރު

ނަބީލާ އިސްމާޢީލް
Dec 22, 2019
1

ރާއްޖެއަށް ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މަސްތުވެގެން އުޅުނު މީހެއްގެ ވީޑިއޯއެއް ފޭސްބުކްގައި ޝެއާކޮށް އުމަރު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ސަބަބުން އެތައް އާއިލާތަކަކަށް ހިތާމަ ކުރަން ޖެހިފައިވާ ކަމަށާއި އެތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ވަކާލާތު ކުރަނީ އެހެންވެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ އެ މައްސަލަ ހައްލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވި އިރު މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ގިނަ ބަޔަކު ބިތްޖެހިފައި ތިބޭ ކަމީ ހިތާމަކުރަން ޖެފިފައިވާ މައްސަލައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355