twitterviber whatsapp telegramfacebookyoutube instagram
31st March 2026

"ސިޓީ ކައުންސިލެއް ނޫން އެހެން ގޮތެއް ބަލައެއް ނުގަންނާނަން" އަލީ

އަބްދުލް ވާހިދު ޙަސަން
Dec 28, 2019
8

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލްގެ ބަދަލުގައި ބަލައިގަންނާނީ ސިޓީ ކައުންސިލެއްކަމަށް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ހިންގުމާ ހަވާލުވެހުންނެވި އަލީ މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަންނަވާފައިވާ ގޮތަށް ކުޅުދުއްފުއްޓަށް ސިޓީ ދަރަޖަ ލިބުން ލަސްވެފައިވާތީ އެވެ.

"ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހްއަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލްގެ ބަދަލުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލެއް ނޫން އެހެން ގޮތެއް އަޅުގަނޑުމެން ބަލައެއް ނުގަންނަށް." ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަލީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އޭނާ ވިދާޅުވީ ސިޓީ ކައުންސިލެއް ނޫން އެހެން ގޮތެއް ބަލައެއް ނުގަންނާނެ ކަމަށާ ސިޓީ ކައުންސިލެއް ނުހެދިއްޖެނަމަ ކައުންސިލް އިންތިހާބުގައި ވޯޓް ނުލާނެ ކަމަށެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުލިބި ކައުންސިލުން އިންތިހާބު އޮންނާތީ އިންތިހާބު ބޮއިކޮޓްކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލައި ސޯޝަލް މީޑިއާގައި ޝުއުރޫފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355