twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކައުންސިލުން އަންގާ އެންގުންތަކަށް ޕަބްލިކް ވާރކްސް އިން އަމަލުކުރަން ޖެހޭނެ، ނުކުރާނަމަ ފިޔަވަޅު އަޅަން ޖެހޭނެ: ޕްލޭނިންގ

އަބްދުލް ވާހިދު ޙަސަން
Nov 30, 2020
7

ކައުންސިލުން އަންގާ އެންގުންތަކަށް ޕަބުލިކް ވާރކްސް ސާރވިސަސް އިން އަމަލުކުރަން ޖެހޭނެ ކަމަށާއި އަމަލު ނުކުރާނަމަ ޕްލޭނިންގ މިނިސްޓްރީއާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިންގ މިނިސްޓްރީން މިހެން ބުނެފައިމިވަނީ ކުޅުދުއްފުށީ ޕަބުލިކް ވާރކްސް ސާރވިސަސްއިން ކައުންސިލުން އަންގާ އެންގުންތަކަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭކަމަށް އަޑުފެތުރިފައިވާ ވަގުތެއްގައި އެވެ. އަދި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ރަށު ތެރޭގައި ޕަބުލިކް ވާރކްސް އިން ކުރަން ޖެހޭ ގިނަ މަސައްކަތަށް ހުރިއިރު އެ މަސައްކަތްތައް ނުކޮށް އެ ސާވިސަސްއިން ތިބޭ މައްސަލައަކީވެސް ބޮޑު ކަންބޮޑުވުމެކެވެ.

އެކަމާ ގުޅިގެން ޕަބުލިކް ވާރކްސްގެ މެއިންޑޭޓާ އެ ތަނުގެ މަސައްކަތްތަކާ ބެހޭގޮތުން ކޭއޯއިން ސުވާލުކުރުމުން، ޕްލޭނިންގ މިނިސްޓްރީގެ ޕަބުލިކް ވާރކްސް ޑިމާޓްމަންޓުން ވަނީ އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ކޭއޯއަށް ފޯރުކޮށްދީފަ އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޕަބުލިކް ވާރކްސް ސާރވިސަސްގެ ސިވިލް ސާރވިސް މުއައްޒަފުން ރިޕޯޓްކުރަން ޖެހޭނީ ރަށު ކައުންސިލަށް ކަމަށާ ކުޅުދުއްފުށީ ޕަބުލިކް ވާރކްސް ސަރވިސަސްގައި ސަރުކާރުން އައްޔަންކޮށްފައިވާ ޕޮލިޓިކަލް އެޕޮއިންޓީއެއް ނުހުންނާނެ ކަމަށެވެ. އެކަމަކު އެތަނުގައި ހުންނަނީ ވަގުތީގޮތުން ބަހައްޓާފައިހުންނަ ސްޕަވައިޒަރެއްކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގެ ސްޕަވައިޒަރުގެ މަގާމަށް ވަގުތީގޮތުން ހަމަޖައްސާފައިވަނީ ކުރީގެ ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ.

ކުޅުދުއްފުށީ ޕަބުލިކް ވާރކްސް ސާރވިސަސްގެ މަސައްކަތާ ހިތްހަމަނުޖެހިގެން ކައުންސިލުން ވަނީ އެ ސާވިސަސްގެ ސުޕަވައިޒާ އަލީ މުހައްމަދާ ބައްދަލުވެސް ކޮށްފަ އެވެ. އެކަމަކު އެ ބައްދަލުވުމުގައިވެސް އަލީ މުހައްމަދު ވަނީ ކައުންސިލް އިދާރާގައި އަޑުގަދަކުރައްވައި ކައުންސިލްގެ ރައީސްއާ ޒުވާބުވެސް ކުރައްވާފަ އެވެ.

ކައުންސިލްގެ އެންގުންތައް ޕަބުލިކް ވާރކްސް އަށް އޯވަރައިޑްކުރެވިދާނެ ތޯ ސުވާލުކުރުމުން ޕްލޭނިންގ މިނިސްޓްރީން ބުނީ، ކައުންސިލްގެ އެންގުންތައް ޕަބުލިކް ވާރކްސްއަށް އޯވަރައިޑް ނުކުރެވޭނެ ކަމަށެވެ. ޕަބުލިކް ވޯކްސް ގެ މެއިންޑޭޓަކީ ރަށުގެ މަގު މަރާމާތުކޮށް ބެލެހެއްޓުމާއި، ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކާ އެ ސާވިސަސް އިން ހިންގަން ޖެހޭ މަސައްކަތްތައް ހިންގުން ކަމަށެވެ.

އަދި ރަށުގައި ކުރަން ޖެހޭ އަދި ކުރާ މަސައްކަތުގައި ކައުންސިލުން އަންގާ އެންގުންތަކަށް ޕަބުލިކް ވާރކްސް އިން އަމަލުކުރަން ޖެހޭނެ ކަމަށާއި ހެދިފައިވާ ގަވައިދުތަކާއި ގާނޫނުތަކަށް ޕަބުލިކް ވާރކްސް ސާރވިސަސް އިން އަމަލުކުރޭތޯ ކައުންސިލް ބެލުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެންގުންތަކަށް އަމަލު ނުކުރާނަމަ ޕަބްލިކް ވާރކްސް ސާރވިސަސް އަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާ ފިޔަވަޅު އަޅާނީ ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދިނެވެ.

ޕަބްލިކް ވާރކްސް އަކީ ރަށުގެ ސިޔާސަތު ކަނޑައަޅާ ބައެއް ނޫން ކަމަށާއި ސިޔާސަތު ކަނޑައަޅާނީ ކައުންސިލްކަން ފާހަގަކުރައްވަނުން މިނިސްޓްރީން ބުނީ ޕަބުލިކް ވާރކްސް އިން މަސައްކަތް ކުރަމުންދާނީ ރަށު ކައުންސިލުން ކަނޑައަޅައި ވާރކް ޕްލޭނަކާއި އެއްގޮތަށް ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީ ބުނީ، ޕަބުލިކް ވާރކްސް ބެލުމުގެ ދަށުގައި ހުރި ވެހިކަލްތައް އަދި ހަރުމުދާ ކުއްޔަށް ދޫކުރުމުގެ އުސޫލެއް ހަމަޖެފައިނުވާ ކަމަށާއި ރަށުގައި ހިންގޭ ޕްރޮޖެކްޓްތަކުން ނަގައި ގަސްވެސް އެ ފަރާތްތަށް ނުވިއްކޭނެކަމަށް މިނިސްޓްރީ މައުލޫމާތުދެ އެވެ.

މި ސަރުކާރު އައި ފަހުން، މިނިސްޓްރީއަށާއި ކައުންސިލަށްވެސް އެންގުމަކާ ނުލައި ކުޅުދުއްފުށީގައި ރިންގް ރޯޑެއް ހަދަން ޕަބްލިކް ވާރކްސް އިން މަސައްކަތްކޮށް، ތިމާވެއްޓާ ބެހޭ ގާނޫނާ ހިލާފަށް އެ ސަރަހައްދުން ގަސް ކަނޑައި ބިންގަނޑު އެއްވަރުކޮށްފައިވެ އެވެ. އަދި ކުޑަކުޅި ސަރަހައްދުގައި މަގަށް އަރާގޮތަށް ހުރި ވިނަތައް ނަގައި ސާފުކުރަން ކައުންސިލުން އެދުމުން، ކައުންސިލުން އެންގިގޮތާ ހިލާފަށް އެތަނަށް ބޮޑެތި ވެހިކަލްތައް ވައްދައި ހުއްދަނެތި ގަސްތައް ކަނޑާފައިވާ މައްސަލައެއް ދާދީފަހުން ވަނީ ހޫނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355