twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވަޒީފާއިން ވަކިކުރުމުން، ސިޔާސީ މަގާމަކަށް އަލީ އައްޔަނުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Dec 28, 2020
11

ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގެ ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރުގެ ވަޒީފާގައި ހުންނެވި އަލީ މުހައްމަދުގެ ވަޒީފާގެ އެއްބަސްވުން ކުރިއަށްނުގެންދަން ނިންމާ ވަކިކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް، އަލީ ސިޔާސީ މަގާމަކަށް އައްޔަންކުރައްވައިފި އެވެ.

އަލީ އައްޔަން ކުރެއްވީ މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓްރަކްޗާރގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމަށެވެ. އޭނާ އެ މަގާމަށް، ރައީސް އައްޔަން ކުރެއްވީ އިއްޔެ އެވެ.

އަލީ ކުރިންވެސް ހުންނެވީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ހިންގާ، ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގެ، ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރުގެ ވަޒީފާގައި އެއީ ކޮންޓްރެކްޓް ވަޒީފާއެއްއެކެވެ. އެ ވަޒީފާގައި ހުންނަވަނިކޮށް ކޮންޓްރެކްޓް އިތުރަށް ކުރިއަށްގެންދަން ބޭނުންނުވެގެން އެ ވަޒީފާއިން ވަކިކުރެއްވީ މިދިޔަ ހަފްތާތެރޭގައި އެވެ.

ޕީއެސް ސޮޔެކުރައްވާ ފޮނުވި އެ ޗިޓްގައި ވަޒީފާއިން ވަކިކުރެއްވި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކޮންޓްރެކްޓް އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާތީ ކަމަށެވެ. އަލީ ވަކިކުރެއްވިއިރު ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އޮތީ 2021 ވަނަ އަަހަރުގެ އެޕްރީލްމަހުގެ 30 ވަނަ ދުވަހަށެވެ.

އަލީ ވަޒީފާއިން ވަކިކުރެއްވުމުން، އަލުން ބޮޑު މަގާމެއް ދެއްވީ ސިޔާސީ ސަބަބުތަކާ ހެދިކަމަށް އިތުބާރު ހުރި ފަރާތްތަކުން ވަނީ މިނޫހަށް ވަނީ މައުލޫމާތުދީފަ އެވެ. އަލީ ވަޒީފާއިން ވަކިކުރެއްވި ސީދާ ސަބަބު ޗިޓްގައި ނެތް ނަމަވެސް އެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، އަލީ އަމަލުތައް ހުންނަނީ މިނިސްޓްރީން ބޭނުންވާ ގޮތަށް ނޫން ކަމަށާ ރަށުގެ މަސްލަހަތު ގެއްލި ބައެއް މަސައްކަތް ކުރުމަށް ބުރޫއަރާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނާއި ކައުންސިލްގެ އަދި އެމްޕީންގެވެސް ޝަކުވާވެސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ އަލީއަށް އަލުން ރައީސް އަންޔަނުކުރައްވާ މަގާމެއް ލިބިލެއްވީ، ވަޒީފާއިން ވަކިކުރެއްވުމުން އެކަމުގެ ޝަކުވާ އެމްޑީޕީއަށް ހުށަހެޅުމުން ކަމަށް އެކަން އެނގޭ ފަރާތްތަކުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355