twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕަބްލިކް ވޯރކް ސައިޓްގެ ބަޖެޓް ހުސްވެފައި އޮންނަތާ 7 މަސްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 16, 2020
2

ޕްލޭނިންގ މިނިސްޓްރީގެ ދަށުގައި އޮންނަ ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސައިޓްގެ ބަޖެޓް ހުސްވެ މަސައްކަތް ހުއްޓިއްޖެ އެވެ. އެންމެ ފަހުން އެ ސައިޓަށް ބަޖެޓް ދީފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އެވެ. އެފަހަރު ދީފައިވަނީ ފަސްލައްކަ ރުފިޔާގެ ބަޖެޓެކެވެ.

ޕަބުލިކް ވާކްސްގެ ބަޖެޓް ހުސްވުމުގެ ސަބަބުން އެތަނުގެ ގިނަ ވެހިކަލްތައް ވަނީ ހަލާކުވެ މަރާމާތުނުކުރެވިފައި އެވެ. އެހެންވުމުގެ ސަބަބުން ވެލިމަގުތައް ނުހެދި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ. މީގެ އިތުރުން ބަޖެޓް ނެތުމުގެ ސަބަބުން ޕަބުލިކް ވާރކްސްއިން ކުރަން ޖެހޭ ގިނަ މަސައްކަތަކެއް ނުކުރެވި ހުއްޓިފައިވަ އޮންނަތާ ދުވަސްތަކެއްވަނީ ވެފައި އެވެ.

ކައުންސިލުން ހާމަކުރާގޮތުގައި ޕަބުލިކް ވާކްސް ޔުނިޓަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ބޭނުންކުރުމަށް ދިން ފަސް ލައްކަ ރުފިޔާގެ އިތުރުން މިއަހަރުގެ މިހާތަނަށް އައިރުވެސް ޢެގެ އިތުރުން އެއްވެސް ފައިސާއެއް ދީފައިއެއްނުވެ އެވެ. ސަރުކާރު ބަދަލުވިއިރު އެތަނުގައި ގިނަ ވެހިކަލްތައް ހަލާކުވެ ބައެއް ވެހިކަލްތައް ރަށުން ބޭރުގައި ހުރުމުން، އެތަކެތި ގެނެސް ބޮޑެތި މަރާމަތުތަކެއް ކުރަން ޖެހުނެވެ. އެހެންވުމުން އެ ފަސް ލައްކަ ރުފިޔާ ވަނީ ހަމަ މިދިޔަ އަހަރު ހުސްވެފައި އެވެ.

އެ ސައިޓާއި ހަވާލުވެހުންނެވި ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރ އަލީ މުޙައްމަދު ވިދާޅުވީ، ބަޖެޓް ނެތުމުގެ ސަބަބުން ގިނަ ވެހިކަލްތައް ހުރީ ގުރައުންޑްވެ މަރާމާތަށް ބޭނުން ޖެހިފައި ކަމަށެވެ. އެހެންވުމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ގިނަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަބުލިކް ވާރކްސްގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ޝަކުވާ ބޮޑުވެ، އާންމުންގެ ތެރެއަށް ނުކުމެ އުޅުމަށް މިހާރު ދަތިވާކަމަށް އަލީ ވިދާޅުވި އެވެ. އަލީ ވިދާޅުވީ ބަޖެޓް ނެތުމުން ގިނަ މަސައްކަތެއް ނުކުރެވޭ ކަމަށާއި ބަޖެޓް ހޯދުމަށް އެކި ލެވެލްގައި މަސައްކަތްކުރެވިފައިވާ ކަމަށެވެ.

މިފަދަ މަސައްކަތް ކުރެވޭނީ އެކަށީގެންވާ ބަޖެޓްވެސް ލިބިގެން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަށީގެންވާ ބަޖެޓް ލިބިގެންކަމަށާ އެކަން ވީހާ އެންމެ އަވަހަކަށް ހަމަޖައްސައިދިނުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ޕަބުލިކް ވޯކްސްގެ ބަޖެޓް ނުލިބި މިހާ ގިނަ ދުވަސްތަކެއްވުމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބަޖެޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާ އެގޮތުން ސީދާ ޕްލޭނިންގ މިނިސްޓަރަށްވެސް އެކަމަށް ހައްލު ހޯދައިދެއްވުމަށް އެދުނު ކަމަށެވެ.

ބަޖެޓް ހޯދުމަށް ކުރެވުނު މަސައްކަތްތައް ކައުންސިލްގެ ލިޔެކިޔުންތަކުން ފެންނަ ހުންނާނެ ކަމަށެވެ. ގިނަ ސިޓީތަކެއްވެސް މިނިސްޓްރީއަށް ފޮނުވާފައިވާއިރު އެ މައްސަލަ ކުޅުދުއްފުށީ ދެ މަޖިލިސް މެމްބަރުންނާ ހިއްސާކޮށް އެކަން ހައްލުކޮށްދިނުމަށްވެސް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޕަބުލިކް ވޯކްސްގެ ވެހިކަލްތައް ހަލާކުވެ މަރާމާތަށް ބޭނުންވެފައިވާއިރު އެންމެ ބޮޑު ޝަކުވާއަކީ ވެހިމަގުތައް އަޑިގުނޑަންވެ މަގުތައް ހަލާކުވެފައިވާ މައްސަލަކަމަށާ އެކަމުގެ ސަބަބުން ވެހިކަލްތަކަށް ބޮޑުތި ގެއްލުންތައް ލިބެމުންގެ އިތުރުން މަގުތައް ބޭނުންކުރާ ފަރާތްތަކަށްވެސް އުނދަގޫތައް ދިމާވެފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަކީ ގިނަ ވެހިކަލް ދުއްވާ ރަށެއްކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ކޮންމެ ރައްޔިތަކުވެސް ބޮޑުއަގުގައި ވެހިކަލް ގަނެ އެ އެއްޗެހި ދުއްވަނީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދައްކައިގެން ކަމުން، އެ ފައިސާއިން މިފަދަ ކަންކަމަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ގިނަ ވެހިކަލް ދުއްވާ ރަށަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ގިނަ ފައިސާ ލިބޭނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ލަތީފް ވިދާޅުވީ މިދިޔަ ހަފްތާވެސް ޕަބުލިކް ވޯރކްސްއަށް ބަޖެޓް ދޭންކަމަށް މިނިސްޓްރީން އެންގިނަމަވެސް މިހާތަނަށް ބަޖެޓް ޖަމާވެފައިނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355