ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރުމުގެ ޕުރޮގުރާމެއް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ފަށައިފި އެވެ.
މި ޕުރޮގުރާމަކީ ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނުވަތަ ކާކުކަން އަންގައިދޭ ލިއުމެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށައިގެން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ފުރޮގުރާމާއި ގުޅިގެން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީންގެ ދަފުތަރުގައި ރެޖިސްޓްރީ ވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕުރޮގުރާމުގެ އެޕޮއިންޓްމެންޓް ދޫކުރުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ ދުވަހުގެ 16:00 ން 18:00 އަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގަ އެވެ.
މި ޕުރޮގުރާމަށް އެޕޮއިންޓްމެންޓް ހެއްދުމަށްދާ ފަރާތްތަކުގެ ތެރެއިން ކާކުކަން އަންގައިދޭ ސައްހަ ލިއުމެއް އޮތް ފަރާތްތަކުން އެ ލިއުން ހިފައިގެން ދިއުމަށް ކައުންސިލް އިދާރާއިން އެދެ އެވެ.