އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާނެކަން، ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ހާމަކުރައްވައިފި އެވެ.
މޭޔަރުކަމަށް ވާދަކުރައްވާނެކަން އާތިފް ހާމަކުރެއްވީ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އެވެ. މިހާރުވެސް ހދ އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ކުރިމަތިލުމަށްޓަކާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމަށްޓަކާ އެންމެހާ ފަރާތްތަކުގެ ވޯޓް އަދި އެހީތެރިކަން ބޭނުންވާނެކަމަށް އާތިފް ލިޔުއްވާފައިވެ އެވެ. ނިމިދިޔަ ދައުރުގައިވެސް އާތިފް ހުންނެވީ އަތޮޅު ކައުންސިލަރެއްގެ ގޮތުގައި އެވެ.
އާތިފް ފާހަގަކުރެވިފައިވާ ސިޔާސީ ގޮތުން ކުޅުދުއްފުށީގައި ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައި އެވެ.