twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޭއާރުއެޗުގައި ފުރަތަމަ ފަހަރަށް އެތެރެހަށީގެ ދިވެހި ޑޮކްޓަރަކު ދާއިމީކޮށް ހިދުމަތްދޭން ފަށައިފި

Jan 4, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތާރީހްގައި ފުރަތަމަ ފަހަރަށް، ދާއިމީކޮށް އެތެރެހަށީގެ ދިވެހި ޑޮކްޓަރަކު މަސައްކަތްކުރަން ފައްޓަވައިފި އެވެ.

ސަރަހައްދީ ރައްޔިތުންނަށް ހިދުމަތްދޭ ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޑރ.މުހައްމަދު ނަޒީފް މިއަދު ފެށިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. 6528864 ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމެންޓް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ކޭއާރުއެޗުގައި މީގެ ކުރިންވެސް ދިވެހި ޑޮކްޓަރުން ދާއިމީކޮށް ހިދުމަތްދީފައިވެ އެވެ. އެކަމަކު މިއީ އެތެރެހަށީގެ ޑޮކްޓަރަކު ދާއިމީކޮށް އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ. މިހެންވެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޑރ ނަޒީފަށް މަރުހަބާ ދަންނަވަމުންނެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގައި ޑރ ނަޒީފް މަސައްކަތްކުރެއްވިއިރު، އޭނާ ވަޒީފާ އާދަކުރެއްވީ އެތަނުގެ އެމެޖެންސީ ޑިޕާޓްމަންޓްގައި އާއި ހިތުގެ ޑިޕާޓްމަންޓްގަ އެވެ.

ކޭއާރުއެޗުގައި އެންމެ ގިނައިން މިހާރު ވަޒީފާ އަދާކުރައްވަނީ މިސްރުގެ ޑޮކްޓަރުންނެވެ. އިންޑިޔާ އާއި ބަނގުލަދޭޝް އަދި ޕާކިސްތާނުގެ އިތުރު ފަލަސްތީނުގެ ޑޮކްޓަރެއްވެސް އަންނަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުންނެވެ.

ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. އެ ފެންވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355