twitterviber whatsapp telegramfacebookyoutube instagram
21st February 2026

ކަސްޓަމްސް އާތިފްވެސް ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ވާދަކުރައްވަނީ

Jan 4, 2020
12

ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި، މުހައްމަދު އާތިފް (ކަސްޓަމްސް އާތިފް) ކުޅުދުއްފުށި ސިޓީގެ މޭޔަރުންގެ އިންތިހާބުގައި ވާދަކުރަން ނިކުމެއްޖެ އެވެ.

އަންނަ ކައުންސިލުން އިންތިހާބުގައި ކުޅުދުއްފުށި ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާކަން އާތިފް އިއުލާންކުރެއްވީ މިއަދުގެ ވަގުތެއްގައި އެވެ. އާތިފް މޭޔަރުކަމަށް ވާދަކުރަނީ އެމްޑީޕީގެ ތެރެއިންނެވެ.

އާތިފްގެ އިތުރުން ކުޅުދުއްފުށި މޭޔަރުކަމަށް ވާދަކުރައްވާކަން މިހާތަނަށް ހާމަކުރެއްވީ ދެ ބޭފުޅުންނެވެ. އެއީ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް އާއި އަފީފުއްދީން ސްކޫލްގެ ބޯޑް ޗެއާމަން ނަހީޒް އަހުމަދު ސައިދެވެ. މި ތިން ބޭފުޅުންވެސް ވާދަކުރައްވާނީ އެމްޑީޕީގެ ޕްރައިމަރީގައި އެވެ.

މުހައްމަދު އާތިފް ސިޔާސީގޮތުން ބޮޑަށް ފާހަގަވެގެންދިޔައީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްގެ ކެމްޕެއިން ތެރެއިންނެވެ. ޔާސިރުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތެރިވެފައިވާ އެއް ފަރާތްތަކީ އާތިފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355