twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުން ހުކުރު ދުވަހު ކުޅުދުއްފުށީގައި

Jan 8, 2020
1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމާއި، އެދާއިރާތަކުގެ ތެރެއިން އަންހެނުން ވާދަކުރާ 2 ދާއިރާ ކަނޑައެޅުން 10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އިލެކްޝަން ކޮމިޝަނުން މައްލޫމާތު ދީފިއެވެ.

ކޭއޯއަށް މަޢްލޫމާތު ދެމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަދި ސްޕޯކްސް ޕަރސަން އަޙްމަދު އަކުރަމް ވިދާޅުވީ، ކުޅުދުއްފުށީގެ އާބާދީއަށް ބަލައިގެން 6 ދާއިރާއަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ދާއިރާއަކުން މެންބަރަކާއެކު މޭޔަރެއް ހޮވާނެއެވެ. އަދި އެ 6 ދާއިރާގެ ތެރެއިން އަންހެނުން އިންތިހާބު ކުރާ 2 ދާއިރާ ކަނޑައެޅުމަށް ގުރުއަތު ނެގުން ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި އޮންނާނެކަމަށް އަކުރަމް މައުލޫމާތު ދެއްވިއެވެ.

އަކުރަމް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ދާއިރާތަކަށް ނަން ކިޔުމުގައި އެ ސިޓީގެ މީހުން ބޭނުން ކުރަމުން އަންނަ ޚާއްސަ ނަންތަކެއް މިފަހަރު ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުގެ މަތިން ކުޅުދުއްފުށީގެ ދާއިރާތަކަށް ނަން ކަނޑައެޅުމުގައިވެސް ރަށަށް ޚާއްސަ ނަންތަކެއް ވޭތޯ ބަލަމުންދާ ކަމަށާއި އަދި ނަން ކިޔުމުގައި ކުޅުދުއްފުށީ ކައުންސިލުގެ ލަފަޔަކަށް އެދިފައިވާކަމަށެވެ.

ރާއްޖޭގެ އުތުރުން އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުށީގެ އާބާދީ 10000 ހަމަވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ތެރޭގައެވެ. ގިނަ ރަށްތަކެއް ހިމެނޭ އަތޮޅަކުން ވަކި ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ ރަށަކީވެސް ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355