twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާސީ އާ އަހަރު ފަށަނީ 73،000 ކުދިންނާއެކު

ޚަދީޖާ އާދަމް
Jan 8, 2020

ދިރާސީ އާ އަހަރުގެ ކިޔެވުން 73،000 އަށް ވުރެ ގިނަ ކުދިންނާ އެކު އަންނަ އާދިއްތަ ދުވަހު ފެށުމަށް ސްކޫލްތަކުން ތައްޔާރުވާން ފަށައިފި އެވެ.

އާ އަހަރުގެ މަސައްކަތަށް ޓީޗަރުން އިއްޔެ ވަނީ ސްކޫލްތަކަށް ނުކުމެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ.

ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެ އިރު އެއްދަންފަޅި އަށް 150 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އަދި 193 ސްކޫލެއްގައި އޯ ލެވެލް އަދި ސަރުކާރުގެ 50 ސްކޫލުގައި އޭ ލެވެލް ހަދާނެ އެވެ.

މާލޭގައި އަލަށް އިއްޒުއްދީން ސްކޫލް ކިޔަވައިދޭން ފަށާއިރު ސ. ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލު އުވާލައިފަ އެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރު ވެސް ސަރުކާރުގެ ސްކޫލްތަކުގައި ފެށީ 73،000 އެއްހާ ކުދިންނާ އެކު އެވެ. މިދިޔަ އަހަރު ކިޔަވައި ދިން ޓީޗަރުންގެ އަދަދު 9،800 އަށް އެރިއިރު، އެ އަހަރު 317 ތަނެއްގައި ޕްރީ ސްކޫލާ ހަމައަށް ކިޔަވައި ދިނެވެ.

ތައުލީމީ ދާއިރާއިން މި އަހަރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ އަހަރީ ޗުއްޓީ ދެބަޔަށް ބަހައިލުމެވެ. މި ފަހަރުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، 2020 އިން ފެށިގެން ޖޫން، 11، 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މި އަހަރު ކިޔެވުން ފެށޭއިރު ކުޅުދުއްފުށީ ހުރިހާ ސްކޫލްތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355