twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުން މިރޭ އޭއީސީގައި، އާންމުންނަށް ހުޅުވާލެވިފައި

އަބްދުލް ވާހިދު ޙަސަން
Jan 10, 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމާއި، އެދާއިރާތަކުގެ ތެރެއިން އަންހެނުން ވާދަކުރާ 2 ދާއިރާ ކަނޑައެޅުން 10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އީސީ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ދާއިރާތައް ކަނޑައެޅުމަށް ބާއްވާ ބާއްވާ ބައްދަލުވުން މިރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެ ކަމަށާއި ބައްދަލުވުން އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 21:00 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

ކޭއޯއަށް ކުރިން ދީފައިވާ އިންޓަވިއުގައި އަކްރަމް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގެ އާބާދީއަށް ބަލައިގެން 6 ދާއިރާއަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ދާއިރާއަކުން މެންބަރަކާއެކު މޭޔަރެއް ހޮވާނެއެވެ. އަދި އެ 6 ދާއިރާގެ ތެރެއިން އަންހެނުން އިންތިހާބު ކުރާނީ 2 ދާއިރާއަކަށް ކަމަށެވެ.

އަކުރަމް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ދާއިރާތަކަށް ނަން ކިޔުމުގައި އެ ސިޓީގެ މީހުން ބޭނުން ކުރަމުން އަންނަ ޚާއްސަ ނަންތަކެއް މިފަހަރު ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުގެ މަތިން ކުޅުދުއްފުށީގެ ދާއިރާތަކަށް ނަން ކަނޑައެޅުމުގައިވެސް ރަށަށް ޚާއްސަ ނަންތަކެއް ވޭތޯ ބަލަމުންދާ ކަމަށާއި އަދި ނަން ކިޔުމުގައި ކުޅުދުއްފުށީ ކައުންސިލުގެ ލަފަޔަކަށް އެދިފައިވާކަމަށެވެ.

ރާއްޖޭގެ އުތުރުން އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުށީގެ އާބާދީ 10000 ހަމަވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ތެރޭގައެވެ. ގިނަ ރަށްތަކެއް ހިމެނޭ އަތޮޅަކުން ވަކި ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ ރަށަކީވެސް ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355