twitterviber whatsapp telegramfacebookyoutube instagram
20th January 2020

21 އަހަރަށް ފަހު ޖަލާލުއްދީން ސްކޫލަށް އާ ޔުނީފޯމެއް

ޚަދީޖާ އާދަމް
Jan 12, 2020

ނޮދާރން ސެކަންޑަރީ ސްކޫލުގެ ނަމުގައި 1998 ވަަނަ އަހަރުގެ ފެބްރުއަރީ 15 ގައި ހުޅުވުނު ޖަލާލުއްދީން ސްކޫލްގެ ދިގު 21 އަހަރުގެ މާޒީގައި ފުރަތަމަ ފަހަރަށް އެ ސްކޫލް 2020 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ފެނިގެން ދިޔައީ މުޅިން އެހެން ސްކޫލެއްގެ ގޮތުގައި އެވެ.

ސެކަންޑަރީ ސްކޫލެއްގެ ގޮތުގައި ހާއްސަ ވެފައިވާ ޖަލާލުއްދީނަށް މި އަހަރަކީ ބޮޑު ހާއްސަ ދެ ބަދަލެއް އައި އަހަރެކެވެ.

21 އަހަރަށް ފަހު އެ ސްކޫލްގެ ޔުނިފޯމް ބަދަލުވެ، މި އަހަރު ވަނީ ޕްރައިމަރީ ގްރޭޑްތައް ކިޔަވައިދޭން ފަށާފައެވެ. އެގޮތުން މިހާރު އެސްކޫލުގައި ކީ ސްޓޭޖް 1 ން 5 އަށް ކިޔަވައިދޭ ސްކޫލެކެވެ.

ޔުނީފޯމަށް އައި ބަދަލު

ކީ ސްޓޭޖް 1،2،3 (ގްރޭޑް 1،2،3،4،5،6،7،8 ) ގެ އަންހެން ދަރިވަރުންގެ ޔުނީފޯން އިންނާނީ ގަމީހަކާއި އެކު ސްކާޓެކެވެ. ޔުނީފޯމާއެކު ބޭނުން ކުރާނީ ކަޅު ބޫޓާއި ކަޅު އިސްޓާކީންޏެވެ. ބުރުގާ ނާޅާ ކުދިން އަތްކުރު ގަމީހެވެ.

ފިރިހެން ކުދިންގެ ޔުނީފޯމަށް މާބޮޑު ތަފާތެއް އައިސްފައި ނުވާއިރު ކީ ސްޓޭޖް 1،2،3 ވެސް ފިރިހެން ކުދިން ބޭނުން ކުރާނީ އަތްކުރު ގަމީހާ ކަޅު ފަޓުލޫނެވެ.

ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 09،10،11،12) ގެ އަންހެން އަދި ފިރިހެން ދަރިވަރުންވެސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އަތްދިގު ގަމީހެކެވެ. މި ގްރޭޑްތަކުގެ ބުރުގާ ނާޅާ ދަރިވަރުންވެސް ބޭނުން ކުރަން ޖެހޭނީ އަތްދިގު ގަމީހެ ވެ. އޭގެ އިތުރަށް މި ސްޓޭޖުގައި ޔުނީފޯމަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ

ހުރިހާ ސްޓޭޖެއްގައިވެސް ބުރުގާ އަޅާ ދަރިވަރުން ހަޅުވާޅު އަދި ބުރުގާ ބޭނުން ކުރަންޖެހޭނީ ހުދު ކުލައިންނެވެ. އޭގެ އިތުރަށް ހުރިހާ ދަރިވަރުންވެސް ބޭނުން ކުރާނީ ރަތް ޓައީއެކެވެ.

އަލަށް ޕްރައިމަރީ ގްރޭޑްތައް

މި އަހަރު އަލަށް އެސްކޫލުގައި ޕްރައިމަރީ ގްރޭޑްތައް ފަށާފައިވާއިރު 2016 ވަނަ އަހަރާ ހަމައަށް ޖަލާލުއްދީން ހާއްސަވެފައިވީ ސާނަވީ އަދި މަތީ ސާނަވީއަށް ހާއްސަކޮށް ތައުލީމް ފޯރުކޮށްދެމުންދާ ސްކޫލެއްގެ ގޮތުގައި އެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުކުރުމަށެވެ.

އެގޮތުން ފަހަރަކު ގުރޭޑެއް ޖަލާލުއްދީން ސްކޫލުން އުނިކުރަމުން އޭއީސީގައި ދިޔައީ އެ ގުރޭޑްތައް އުފައްދަމުންނެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ދަރިވަރުން ދެ ބަޔަކަށް ބާހާލާ ޖަލާލުއްދީން ސްކޫލަށް މިއަހަރު ބަދަލު ކުރި އެންމެ ބޮޑު ސަބަބަކީ ކުރީގެ ސަރުކަރުން ނިންމި ގޮތުން ހަމަ އެކަނި މަތީ ސާނަވީ ސްކޫލެއްގެ ގޮތުގައި އޮވެއްޖެނަމަ އެ ސްކޫލުގެ އެންޓްރޯލްމެންޓް ދަށްވެ ސްކޫލުގެ އިތުރު އެހެން ހަރަކާތައް ހިންގުމަށް މައްސަލަތައް ކުރިމަތި ވާނެތީއާއި އެކު އަދި އޭއީސީއަށް ގްރޭޑްތައް ބަދަލުކުރަމުން ދިއުމުގެ ސަބަބުން އެ ސްކޫލަށް ދިމާވަމުން ދިޔަ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށެވެ. ގްރޭޑްތައް ބަދަލުކުރުމުގެ ކުރިންވެސް އެ ސްކޫލަކީ ޖާގައިގެ ދަތިކަން ދިމާވެފައިވާ ސްކޫލެއްކަން ފާހަގަކޮށްލެވެ އެވެ.

އެހެން ކަމުން މިނިސްޓްރީ ނިންމީ އެއީސީއަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 09 އާހަމައަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކޮށް އަދި ޖަލާލުއްދީން ސްކޫލަކީ އެކަކުން 12 ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމަށެވެ.

މި ބަދަލަށް ސްކޫލު ތައްޔާރުވި މިންވަރު

ދަރިވަރުން ދެ ސްކޫލަށް ބަހާލިއިރު ދެ ސްކޫލްގެ ޓީޗަރުންވެސް ވަނީ ބަހާލާފައެވެ. އެގޮތުން އެއީސީ ޖަލާލުއްދީނަށް 18 ޓީވަރުން ބަދަލު ވެފައިވާއިރު އެ ސްކޫލަށް މިއަހަރަށް އަލަށް ސެން ދެ ޓީޗަރުންނާއެކު 11 ޓީޗަރުން ގުޅިފައި ވެއެވެ. އަދި މި އަަހަރު އެ ސްކޫލުގައި ޖުމްލަ 64 ޓީޗަރުން ކިޔަވައިދެމުން ދާނެއެވެ.

އެ ސްކޫލްގެ 8 ކްލާސް ރޫމް ފިޔަވާ ހުރިހާ ކްލާސް ރޫމެއްގައި މުށި ޖަހާފައިވާއިރު މި އަަަހަރު ސްކޫލު ހުޅުވުމުގެ ކުރިން 14 ރޫމެއްގައި ވަނީ މުށި ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355