twitterviber whatsapp telegramfacebookyoutube instagram
17th September 2026

"ޑޮކްޓަރ ސްޓްރޭންޖް" ގެ ސީކުއަލްއަށް އާ ޑައިރެކްޓަރެއް ހޯދަނީ

ޚަދީޖާ އާދަމް
Jan 13, 2020

2016 ވަނަ އަހަރު ނެރުނު މާވެލް ޔުނިވާސްގެ ކާމިޔާބު ފިލްމު "ޑޮކްޓަރ ސްރޭންޖް" ގެ ސީކުއަލް ކަމަށްވާ "ޑޮކްޓަރ ސްރޭންޖް އިން ދަ މަލްޓިވާރސް އޮފް މޭޑްނެސް" އަށް އާ ޑައިރެކްޓަރެއް ހޯދަމުން ދާ ކަމަށް މާވެލްއިން ބުނެފި އެވެ.

މި ފިލްމަށް އާ ޑައިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިމިވަނީ މީގެ ފުރަތަމަ ފިލްމު ޑައިރެކްޓު ކުރި ސްކޮޓް ޑެރިކްޝަން ޑައިރެކްޓްގެ މަގާމު ދޫކޮށްލުމާއި ގުޅިގެންނެވެ. ނަމަވެސް އޭނާ ހުންނާނީ ސީކުއަލްގެ އެގްސެކެޓިވް ޕްރޮޑިއުސާރގެ މަގާމުގައި އެވެ.

ސްކޮޓް މި ފިލްމުގެ ޑައިރެކްޝަންގެ ގޮޑި ދުކޮށްލާފައި މި ވަނީ އެމްސީޔޫއާއެކު ސުލްހަވެރި މަޝްވަރާއަކަށް ފަހުއެވެ.

ސީކުއަލްގައި އެލިޒަބަތު އޮލްސަންވެސް ފެނިގެންދާއިރު އޭނާ ފެނިގެންދާނީ ކުރިންވެސް އޭނާ ފެންނަމުންދާ އެމްސީޔޫގެ ސްކާލެޓް ވިޗްގެ ރޯލުންނެވެ.

ޑޮކްޓަރ ސްރޭންޖް އިން ދަ މަލްޓިވާރސް އޮފް މޭޑްނެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މެއި 7 ވަަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293