twitterviber whatsapp telegramfacebookyoutube instagram
17th April 2025

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަނީ، މޭޔަރަކަށް 40000 ރުފިޔާ

އަބްދުލް ވާހިދު ޙަސަން
Jan 15, 2020
3

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންޕަރެންސް"ގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހް ވިދާޅުވީ، މޭޔަރުންނަށް ކަނދައަޅާފައިވާ މުސާރައަކީ 40000 ރުފިޔާ އެވެ.

އަދި ޑެޕިއުޓީގެ މޭޔަރުންނަށް 35000 ރުފިޔާ ކަނޑައަޅާފައިވާއިރު ސިޓީ ކައުންސިލް މެމްބަރެއްގެ މުސާރައަކީ 3000 ރުފިޔާ ކަމަށެވެ.

މުޅި އަތޮޅުގެ މީހުން ވޯޓް ލައިގެން އިންތިހާބުކުރާ އަތޮޅޫ ކައުންސިލްގެ ރައީސްގެ މުސާރައަކީ 28000 ރުފިޔާ އެވެ. ރަށު ކައުންސިލްގެ ރައީސްގެ މުސާރައަކީ 23000 ރުފިޔާ އެވެ.

ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 15000 ރުފިޔާއަށް ބޮޑުކުރިއިރު މެމްބަރުންގެ މުސާރައަކީ 12000 ރުފިޔާ އެވެ.

ކައުންސިލްތަކުގެ އެކުލެވުން އޮންނަ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނަކީ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނެވެ. އެހެންކަމުން ރަށު ކައުންސިލްތަކުގެ ރައީސުން ރަށު ކައުންސިލާއެކު އެ އަތޮޅެއްގެ ކައުންސިލްގައި ވެސް މަސައްކަތް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355