twitterviber whatsapp telegramfacebookyoutube instagram
12th September 2026

އަނޫރާގުގެ ތައުރީފް ކަންގްނާއަށް

ޚަދީޖާ އާދަމް
Jan 15, 2020

2006 ވަނަ އަހަރު ނެކުތް ގޭންގްސްޓަރ އިން ބޮލީވުޑަށް ތައާރަފްވި ކަންގްނާ ރަނާވަތު ބޮލިވުޑްގައި މިހާ ކުރިއަރައިގެން ގޮސްދާނެ ކަމަށް ހީނުކުރާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ އަނޫރާގް ބާސޫ ބުނެފިއެވެ.

ކަންގްނާއަށް ތައުރީފުކޮށް އަނޫރާގް ބުނީ ކަންގްނާގެ ފިލްމުތަކުގައި ކުޅެމުންދާ ތަފާތު ރޯލުތަކުން ބެލުންތެރިންގެ ހިތުން ޖާގަ ހޯދަމުން ދާކަމަށެވެ. އަދި ކަންގްނާ މިހާ ކުރިއަރައިގެން ގޮސްދާނެ ކަމަށް އުންމީދު ނުކުރާކަމަށްވެސް އަނޫރާގު ބުންޏެވެ.

ފިލްމު ފެެއާރ އެވޯޑްސްގައި ވާހަކަ ދައްކަމުން އޭނާ ބުނީ އެކަނި މިދާއިރާއަށް ނުކުމެ މަސައްކަތް ކުރާ ތަރިންނަށް އަބަދުވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭކަަމަށާއި އެހެން ނަމަވެސް ކަންގްނާ އެކަންކަމާއި ކުރިމަތިލާން ކުރިއަށްދިޔަ އަޒުމް ވަރުގަދަ ތަރިއެއްކަމަށެވެ.

ކަންގްނާ އެންމެ ފަހުން ފެނިގެން ދިޔަ ޖެންޓަލްމެންޓް ހޭ ކިޔާ ގައިވެސް ކުޅެފައިވާ ރޯލަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވާއިރު އޭނާ މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު އެއް ފިލްމަކީ 2014 ވަނަ އަަަހަރު ނުކުތް ކްއީން އެވެ.

ދެން އެންމެ އަވަހަށް ކަންގްނާ ފެނިގެންދާނީ މި މަހު 24 ގައި ރިލީޒް ކުރާ ޕަންގާ އިންނެވެ. މި ފިލްމު ބޮކްސް އޮފީހުގައި ކުރިމަލި ދާނީ ވަރުން އަދި ސްރައްދާ ކަޕޫރްގެ ފެ ސްޓްރީޓް ޑާންސަރ 3ޑީ އާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293