twitterviber whatsapp telegramfacebookyoutube instagram
21st February 2026

މުފްތީގެ ދަރުހަށް ނޮޅިވަރަމުން އަންނަ ފަރާތްތަކަށް ހިލޭ ފެރީއެއް

Jan 16, 2020

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުފްތީ އިސްމާއިލް މޫސާ މެންކްގެ ދަރުހަށް ނޮޅިވަރަމުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަމިއްލަ ޖަމިއްޔާއަކުން ހިލޭ ފެރީގެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.

މުފްތީގެ މިދަރުސް އޮންނާނީ މިރޭ 20:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

ނޮޅިވަރަމުން ފެރީ ހިލޭ އިންތިޒާމުކުރާ ޖަމިއްޔަތު ރިސާލާގެ އޮފިޝަލަކު ވިދާޅުވީ، ނޮޅިވަރަމުން ފުރުން ހަމަޖެހިފައިވަނީ މިރޭ 19:00 ގައި ކަމަށެވެ.

އޭނާ ބުނީ ދަރުހަށް ދިޔުމަށް ބޭނުންވާ ފަރާތްތަކުން އެ ގަޑިއަށް ބަނދަރަށް އައުމުން ޖާގަ އޮތް މިންވަރަކު ފެރީން ޖާގަ ލިބޭނެ ކަމަށެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އެކި ރަށްތަކުގައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ރޭ ވަނީ މުފްތީ މެންކްގެ ދަރުހެއް ބާއްވާފަ އެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އަދި ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355