twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޮދަން އޮފީސް އިމާރާތް ކައުންސިލަށް ދެނީ

އަބްދުލް ވާހިދު ޙަސަން
Jan 20, 2020

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖާގައިގެ މައްސަލައަށް ހައްލުކުރުމަށް އެ ކައުންސިލުން ކުރި މަސައްކަތުން ނޮދަން އޮފީސް ކޮމްޕްލެކްސް އިމާރާތް ކައުންސިލަށް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިފި އެވެ.

ހޯމް މިނިސްޓްރީގެ ދަށުގައި ހުންނަ އެ އިމާރާތަކީ ސަރުކަރުގެ ގިނަ މުވައްސަސާތަކެއް ގާއިމުކޮށްފައި ހުންނަ ހަތަރު ބުރީގެ އިމާރާތެކެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ޖާގައިގެ މައްސަލައަކީ އެ ކައުންސިލަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިއަހަރު އިތުރު މުވައްޒަފުން ކައުންސިލަށް ނަގަން ހަމަޖެހިފައިވާއިރު މުވައްޒަފުން އިތުރު ކުރެވެން އަންނަނީވެސް ޖާގައިގެ މައްސަލަ ހައްލުކުރެވިގެން ކަމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ކުރި މަސައްކަތުން ނޮދަން އޮފީސް އިމާރާތް ކައުންސިލަށް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާ އެތަން ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހޯމް މިނިސްޓްރީއަށް އަންގަވާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ޖާގައިގެ ގޮތުން ވަރަށް ދަތި އަދި ޒަމާނާ ނުގުޅޭ އިމާރާތެއްގައި އެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސްގައި އުތުރުގެ ހައިކޯޓާއި ޕީޖީ އޮފީސް އަދި މީރާ، ބިޒްނަސް ސެންޓަރު، އިމްގިރޭޝަން އޮފީސް، އައިޑީކާޑް ޔުނިޓް، އަދި އެލައިޑްގެ އޮފީހެއް ހުރެ އެވެ.

ދެކުނުން، އައްޑޫގައި ހުންނަ ސަދަން އޮފީސް އިމާރާތް ހުންނަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އެވެ. މި ދެ އިމަރާތަކީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކޮށްފައި ހުރި ތަންތަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355