twitterviber whatsapp telegramfacebookyoutube instagram
7th January 2026

ކުޑަކުޅި ހިމާޔާތްކޮށް، ނޭޗަރ ޕާކެއް ތަރައްގީކުރަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Jan 20, 2020
3

އަފީފުއްދީން ސްކޫލުން ކައިރީގައި އޮންނަ ގުދުރަތީ ފެންގަނޑު، ހިމާޔާތްކޮށް އެތަނުގައި ނޭޗަރ ޕާކެއް ތަރައްގީކުރަން ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވަނީ، އެއްގަމާއި ކަނޑުގެ މުއްސަދިންކަމާއި ދިރޭތަކެތީގެ ނަސްލު ހިމާޔާތްކުރުމުގެ ގޮތުން "ކުޑަކުޅި"ގައި ނޭޗަރ ޕާކެއް ތަރައްގީކުރަން މިއަހަރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެތަނުގެ ނޭޗަރ ޕާކް ތަރައްގީކުރުމަށް ދިރާސާކޮށް، ޑިޒައިން ކުރުމަށް ވަނީ ހިމަނާފަ އެވެ. ކައުންސިލުން ދެކޭގޮތުގައި އެކަމުގެ ސަބަބުން ރަށު ފަތުރުވެރިކަންފުޅާވެ ރަށަށް ޒިޔާރާތްކުރާ މީހުން އިތުރުވެގެންދާނެ އެވެ.

އަދި އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަންފާކުރާނެ ގޮތަކަށް ކަމަށްވެސް ކައުންސިލުން ހާމަކުރެ އެވެ.

ޒަމާނީ ތަރައްގީއާއެކު ކުޅުދުއްފުށީގެ ގުދުރަތީ ރީތިކަން ދަނީ ދުވަހެއް ދުވަހަކަށް ގެއްލެމުންނެވެ. ބައެއް ރަށްރަށުގައި ކުޅި، ކަނޑޫފާ ފަދަ ތަންތަން ތަރައްގީކޮށްގެން ކައުންސިލްތަކުން އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355