twitterviber whatsapp telegramfacebookyoutube instagram
20th August 2025

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިޓިންގ ހަރުކުރުމުގެ މަސައްކަތް ފަށަނީ

ނަބީލާ އިސްމާޢީލް
Jan 20, 2020
1

ކުޅުދުއްފުށީ ސިޓީގެ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ރަންވޭ ލައިޓިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން ށ ފުނަދޫ އެއާޕޯޓު އަދި ގދ މާވަރުލު އެއާޕޯޓަށް ބޭނުންވާ ރަންވޭ ލައިޓިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮއްފަ އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ތިން އެއާޕޯޓަށް ބޭނުންވާ ރަންވޭ ލައިޓިންގ ސިސްޓަމް ހޯދުމަށް މިދިޔަ ޑިސެމްބަރުމަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އަލުން ހުޅުވާލާފައިވާކަމަށެވެ.

ރަންވޭ ލައިޓިންގ ސިސްޓަމް ހޯދުމަށް އިއުލާންކޮށްފައިވާ 3 އެއާޕޯޓުގެ ތެރެއިން ކުޅުދުއްފުށި އެއާޕޯޓަކީ މިހާރުވެސް ޝެޑިއުލް ދަތުރުތައް ކުރަމުންދާ އެއާޕޯޓެކެވެ. އަދި ފުނަދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓު މިއަހަރުގެ ކުރީކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355