twitterviber whatsapp telegramfacebookyoutube instagram
10th June 2025
ADVERTISEMENT
ކުޅުދުއްފުށީ އަމީނީމަގު--

ކުޅުދުއްފުށީ ކައުންސިލުން އިޔާދަކުރަނިވި ހަކަތައާ ދިމާއަށް

އަބްދުލް ވާހިދު ޙަސަން
Jan 22, 2020
3

ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަކީ މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހިންގަމުންދާ ކާމިޔާބު މަޝްރޫއުތަކެކެވެ. ވަކިން ހާއްސަކޮށް ކުރިއަރަމުންދާ ގައުމުތަކާއި ސިޓީތަކުގައި މިކަން ވަރަށް ބާރަށް ދަނީ ކުރަމުންނެވެ.

ތެލަށްކުރާ ބަރޯސާ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ކުޅުދުއްފުށީ ކައުންސިލުންވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިއީ މިފަދަ ކަމަކަށް ކައުންސިލުން އިސްނެގި ފުރަތަމަ ފަހަރެވެ. ކައުންސިލަށް ލިބިގެންދިޔަ ބޮޑު ބަޖެޓާއެކު މިވަނީ މަސައްކަތުގެ ތާވަލު ހަދައި މިއަހަރު އެއަށް އަމަލުކުރަން ފަށާފަ އެވެ.

ކައުންސިލުތަކަށް ދިން ބޮޑެތި ބަޖެޓުތަކާއެކު އިތުރު ހަރަދުތަކެއްވެސް ކައުންސިލަށް ކުރަން ވަނީ ޖެހި އެވެ. ހަމައެއާއެކު އިތުރު ޒިންމާތަކެއްވެސް ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އާންމު އަދި އިޖުތިމާއީ ބައެއް ސަރަހައްދުތަކުގެ ބިލްތައް ދެއްކުން ފަދަ ކަންކަން ކައުންސިލުގެ ޒިންމާތަކުގެ ތެރެއަށް މިއަހަރުން ފެށިގެން ވަދެ އެވެ. މީގެ ކުރިން އެފަދަ ތަންތަނުގެ ކަރަންޓް، ފެން ބިލު ފަދަ ބިލްތައް ދައްކަމުންދިޔައީ ފިނޭންސް މިނިސްޓްރީން އެވެ.

އެހެންވެ އެފަދަ އިޖުތިމާއީ ތަންތަނާއި ސަރަހައްދުތަކުގެ ކަރަންޓާއި ފެން ބިލްތައް ދެއްކުމަށް 5 މިލިއަން ރުފިޔާ ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފަ އެވެ. އެހެންވުމުގެ ސަބަބުން ބަޖެޓްގެ ބޮޑުބައެއް ބިލްތައް ދެއްކުމަށް މިވަނީ ހަރަދުކުރަން ޖެހިފަ އެވެ. މިހަރަދުތައް ކުޑަކުރުމުގެ ގޮތުން ކައުންސިލުން މިއަހަރު މިވަނީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ވިސްނާ އެކަން ބަޖެޓްކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމުގެ މަސައްކަތް މިއަހަރު ތައާރަފްކޮށް، ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަން ވަނީ ބަޖެޓްގައިވެސް ހިމަނާފަ އެވެ.

އެގޮތުން ކައުންސިލް އިދާރާއިން ކަރަންޓަށް ހޭދަކުރަން ޖެހޭ މިންވަރު މަދު ކުރުމަށްޓަކާ މަގުބައްތި އަދި އެހެނިހެން ތަންތަން ސޯލަރ އާއި އެހެނިހެން ޓެކްނޮލޮޖީއަށް ބަދަލުކުރުމަށް ފަންނީ މީހުންގެ އެހީގައި އެސެސްމެންޓް އަދި ރޯޑްމެޕެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ހަމަ ރަށުގެ ވިޔަފާރިތަކާއި އާންމުންނަށް އިޔާދަކުރުވަނިވި ހަކަތައިގެ ފުރުސަތުތަކާއި ޓެކްނޮލޮޖީގެ މައުލޫމާތު ދިނުންވެސް ހިމެނެ އެވެ. ކައުންސިލް ބުނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފައްދަން ފެށުމުން ތެލަށާއި ބަޖެޓަށް ކުރާ ބަރޯސާ އެތަކެއް ތަނަކުން ކުޑަވެގެންދާނެ ކަމަށެވެ.

ނަން
ކޮމެންޓް
ހަސަންދީ
ކައުންސިލް އިދާރާ ހުކުރެއް ހައްޖެއް އީދެއް ރޯދައެއް ނެތި ރެޔާދުވާލު ހުޅުވައިގެން މިއީދޯ މިކުރާކަމަކީ "އިޔާދަކުރުވަނިވި ހަކަތަޔާ ދިމާލަށް ދޯ"
ބިލީފް
މިމީހުން އަނގައިން ދުވާލަކު ކަމެއް ކޮށްލާ އެބަ
ވާވަރުގެ ކަމެއްބާ!
ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަ ދުވަސްވަރު އެތައް ހުވަފެންތަކެއް ދައްކާނެއެވެ. އެއީ އިބިލީހުގެ މަސައްކަތެވެ. މިފަހަރު މިއޮތީ އާޒާތެއްގެ ހުވަފެނެކެވެ. ރައްޔިތުން ވާވެއްދުމުގެ އުކުޅެއްގެ ގޮތުގައެވެ. ކައުންސިލް އިންތިޚާބު ނިމި ކާމިޔާބު ވުމުން ދެންފަށާނީ ވީވަޢުދުތައް ފުއްދުމަށް އާވައްތަރެއްގެ ޝަރުޠު ތަކެކެވެ. ރައްޔިތުން މިވެނި ކަމެއް ކޮށްދިނީމައި ނޫނީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުމެއް ނުފުއްދޭނެ ކަމުގައެވެ. މިއީ ވަމުންދާގޮތެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com