twitterviber whatsapp telegramfacebookyoutube instagram
19th March 2024

އޯޓްސް: ހަށިގަނޑަށް ފައިދާހުރި ވަރަށް ރަނގަޅު ކާނާއެއް

ނަބީލާ އިސްމާޢީލް
Jan 23, 2020

ޒަމާނަށް އައި ކުރިއެރުމާއެކު ހަށިގަނޑަށް ފައިދާހުރި ކާނާ ދެނެގަތުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެގޮތުން އޯޓްސްއަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާނާއެކެވެ. ހާއްސަކޮށް ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތް ތަކުގެ ހާއްސަ އެކުވެރިއެކެވެ.

ތަފާތު ގޮތްގޮތަށް އޯޓްސް ތައްޔާރުކޮށްލެވޭ އިރު ގިނަފަރާތް ތަކަށް ކަމުދަނީ ކުޅިކޮށް ތައްޔާރުކޮއްލާ އޯޓްސްގެ ބާވަތް ތަކެވެ. ކިރަށް އޯޓްސް އަޅައިގެން، ކުޅިކޮށް ނުވަތަ ލޮނުކޮށް ކައްކައިގެން، އޯޓްސް ބިސްގަނޑު އަޅައިގެން، އޯޓްސް ރޮށީގެ ގޮތުގައި، އޯޓްސް ބޯކިބާ ފިހެގެން، އަދި މި ނޫން ވެސް ތަފާތު ގޮތްގޮތަށް އޯޓްސް ބޭނުންކޮށް އުޅެނީ ސިއްހަތަށް ފައިދާ ހުރި ކާނާއެއްގެ ގޮތުގައި އޯޓްސް މަޝްހޫރުވާތީ ކަން ޔަގީނެވެ.

އޯޓްސް އަކީ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ކައްކާފައިވާ އޯޓްސް ޖޯޑެއްގައި ގާތްގަނޑަކަށް 160 ކިލޯކެލަރީ، 30 ގުރާމް ކާބޯހައިޑްރޭޓް، 06 ގުރާމް ޕްރޮޓިން އަދި 1 ގުރާމް ފެޓް ހިމެނެ އެވެ. މިއީ އެވްރެޖްކޮށް މީހަކަށް މައިގަނޑު ގޮތެއްގައި ކާ ގަޑިއަކަށް ގޮވާމުގެ ބައިން ބޭނުންވާ މިންވަރެވެ.

ގަވައިދުން އޯޓްސް ކެއުމުގައި ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލްކުރަން ފައްސޭހަވެ، ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވުމުގެ އިތުރުން ބަރުދަން ލުއިކުރަން ފައްސޭހަވެ އެވެ.

އޯޓްސް އަކީ ހިތުގެ ދުޅަހެޔޮކަމަށް އަދި ގޮހޮރުގެ މައްސަލަތަކުގެ އިތުރުން ގައިގެ ހަންގަނޑު ކެހުމާއި ހިރުވުމުގެ މައްސަލަތަކަށް ވެސް ފަރުވާއެއްކަމުގައި ސިއްހީ މާހިރުން ފާހަގަކުރެ އެވެ.

އެހެންކަމުން އަވަދިނެތިވެ އުޅޭ އުޅުމުގައިވެސް ތައްޔާރުކޮށްލަން ފައްސޭހަ މި ކާނާއަކީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ކާނާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355