twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުޅުދުއްފުއްޓާއި ނެއްލައިދޫގައި އަޑުއުފުލައިފި

Jan 23, 2020

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ހދ ކުޅުދުއްފުއްޓާއި އެއަތޮޅު ނެއްލައިދޫގައި އަޑުއުފުލައި ހިނގާލުން ބާއްވައިފި އެވެ.

މޮމްސް އެންޖީއޭއާއި ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސަރުކާރުގެ އޮފީސްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

އަދި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންގެ އިތުރުން ބައެއް މުވައްސަސާތަކުގެ ވެރިންގެ އިތުރުން އާންމުވެސް ވަނީ ބައިވެރިވެފަ އެވެ.

ނެއްލައިދޫގައި ހިނގާލުން ކުރިއަށްގެންދިޔައީ އެރަށު ކައުންސިލުން އިންތިޒާމުކޮށްގެންނެވެ. މިއަދު ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމުގައި އާންމުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ދާދި ފަހުން ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއެކު އެކަމާ ދެކޮޅަށް ގިނަ ރަށްތަކެއްގައި އަންނަނީ އަޑުއުފުލައި ހިނގާލުން ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355