twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުރީދޫގެ ބްރޭންޑް އެންބަސަޑަރަކަށް މާޒިޔާ

Jan 29, 2020

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ، އުރީދޫގެ ބްރޭންޑް އެންބަސަޑަރަކަށްވެ، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަކީ 1996 ވަނަ އަހަރު ދިވެހި ފުޓްބޯޅައިގެ މައިދާނަށް އުފަންވެ، މިއަދާ ހަމައަށް އައިއިރު ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކާއި ކުރިއެރުން ހޯދާފައިވާ ކުލަބެކެވެ.

އިއްޔެ އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނަޖީބް ޙާން އެވެ. މާޒިޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އެކުލަބުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

އެއް އަހަރުގެ އެއްބަސްވުމަކާ އެކު މާޒިޔާއާއި އުރީދޫއިން ޕާޓްނާޝިޕް ހަދާފައިވާ އިރު އުރީދޫ އަކީ މާޒިޔާގެ ސީނިއާ ޓީމާއި އެ ކުލަބުން ހިންގާ އެކަޑަމީގެ މެއިން ސްޕޮންސަރަކަށް ވާނެ އެވެ.

މި އެއްބަސްވުމަށްފަހު މާޒިޔާއިން ބުނީ ދެ ފަރާތުގެ ގުޅުމާ އެކު އެކުލަބުގެ ޒުވާން ޖީލު ކުރިއެރުވުމަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާ އެކު ދެފަރާތަށް ވެސް ފައިދާ ކުރުވަނިވި ކަންތައްތަކެއް މަގުފަހިވެގެންދާނެ ކަމަށް މާޒިޔާއިން ވަނީ ބުނެފަ އެވެ.

މާޒިޔާ އިން ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރީ 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ މިހާރުގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން މިހާރުވެސް އުރީދޫގެ ބުރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަބޭސް ބޮޑުބެރު ކުރިއަށް އޮތް އަހަރަށް ބުރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355