twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑުތިލަދުންމަތީގައި މިއަހަރު އޮޑިޓް އޮފީހެއް ގާއިމުކުރާނަން: އޮޑިޓަރ ޖެނެރަލް

އަބްދުލް ވާހިދު ޙަސަން
Jan 29, 2020

ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހާއްސަކޮށް އެސަރަހައްދުގައި މިއަހަރު އޮޑިޓަރ ޖެނެރަލުގެ، އޮފީހެއް ގާއިމުކުރައްވާނެކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިއްޔަތު ވިދާޅުވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ތައާރަފުކޮށް ލޯކަލް ކައުންސިލުތަކުގެ މާލީ ބަޔާން ތައްޔާރުކުރުމުގެ އޮންލައިން ޓްރެއިނިންގ ޕްރޮގުރާމް އިފްތިތާހްކުރުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަސަން ޒިއްޔަތު ވިދާޅުވީ، މިސަރަހައްދަކީވެސް ދައުލަތުންނާއި ކައުންސިލްތަކުން މާލީ ގިނަ ކަންތައްތަކެއް ހިނގާ ސަރަހައްދެއް ކަމަށާ އެހެންވުމުން މިސަރަހައްދުގެ ރަށްތަކަށް ހާއްސަކޮށް އޮޑިޓް އޮފީހެއް މިއަހަރު ތެރޭ ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަޖިލީހުގެ އެއްބާރުލުމާއެކީގައި އަޅުގަނޑު މިބަލަނީ އަޅުގަނޑުމެންގެ ބަޖެޓަށް ފައިސާ އިތުރުކޮށްގެން ނަމަވެސް މި ސަރަހައްދުގައި އަޅުގަނޑުމެންގެ ސަރަހައްދީ އޮފީހެއް ގާއިމުކުރަން." އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އެހެންކަމުން މިހާރަށްވުރެ ފަސޭހަ އަދި ހަރަދުކުޑަކޮށް މާލީ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށާއި އަދި ޓްރެއިންގ ޕްރޮގުރާމްތައްވެސް ހިންގަން ފަސޭހަވެގެންދާނެ ކަން ޒިއްޔަތު ފާހަގަކުރެއްވި އެވެ.

އައްޑޫ ސިޓީގައިވެސް އަންނަނީ ސަރަހައްދީ ފެންވަރުގެ އޮޑިޓް އޮފީހެއް ހިންގަމުންނެވެ. އޮޑިޓަރު ޖެނެރަލް ވިދާޅުވީ، އައްޑޫގައި އޮޑިޓް އޮފީހެއް ގާއިމުކުރި ފަހުން އެ ސަރަހައްދުގައި މާލީ ހިސާބުތައް ހެދުމުގައި ދިމާވެފައިހުރި ގޮންޖެހުންތައް ވަރަށް ބޮޑަށް މަދުކުރެވިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355