twitterviber whatsapp telegramfacebookyoutube instagram
7th February 2026

ކޮރޯނާ އާއި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

ނަބީލާ އިސްމާޢީލް
Jan 30, 2020

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް އާންމުވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސްއާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައިވާތީ މިފަދަ ނުރައްކާތެރި ބަލިތަކުން ރާއްޖެ ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ޤުނޫތު ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ގިނަ ދިވެހިން ދަތުރުކޮށް އުޅޭ އަވަށްޓެރި އިންޑިއާ އަދި ސްރީ ލަންކާ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް 170 މީހުން މަރުވެފައިވެ އެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތް ހާހަށްވުރެން އިތުރެވެ. އަދި މިހާތަނަށް 17 ގައުމަކުން ކޮރޯނާވައިރަސް ފެނިފައިވެ އެވެ. ރާއްޖެއިން އެ ބައްޔަށް ޝައްކުވާ މީހަކު އަދި ނުފެންނަ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355