twitterviber whatsapp telegramfacebookyoutube instagram
18th September 2025

އާ ފެރީ ނިޒާމަށް އުޅަނދު ބަންނާނެ ބަޔަކު ހޯދަނީ

ޚަދީޖާ އާދަމް
Feb 6, 2020

ދަތުރުފަތުރުކުރުމުގެ ލުއި ފަސޭހަ ނިޒާމަކުން ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގައި ގާއިމްކުރުމަށް ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އުޅަނދު ފަހަރު ބަނުމަށް ބަނދެ ޓެސްޓުކޮށް އަދި ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ މުޅިން އާ ނިޒާމަކުން ގުޅާލައި މިއަހަރުތެރޭގައި ހިދުމަތް ދޭ ފެށޭނެކަމަށް ރައްޔިތުން މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިމަޝްރޫއުގައި ބޭނުންކުރާނީ ދުވެލި ހަލުވި ތިމާވެއްޓާ ރަހުމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއް ކަމަށެވެ.

އެގޮތުން ފެރީގެ ހިދުމަށް ފެށުމަށް ފިނޭނެސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ހައި ސްޕީޑްގެ 14 އުޅަނދެއް ބަނުންމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމިނިސްޓްރީއަށް މި މަސައްކަތަށް ގާބިލްކަން އަންގައިދޭ ލިޔެކިއުން ހުށައެޅުމަށް ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355