twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫ އަހަރީ އާންމު ޖަލްސާ މާރޗު 2 ގައި

ޚަދީޖާ އާދަމް
Feb 16, 2020
2

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗު މަހުގެ ދެ ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ އެކުންފުނީގެ ހިއްސާ ބަހަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.

މި ޖަލްސާގައި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ. މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހައިފަ އެވެ.

މީގެ އިތުރުން އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ތަމްސީލު ކުރާ މެންބަރު ހޮވުމަށް ހަމަޖެހިފައިވެ އެވެ. ބޯޑަށް ހަތަރު މެންބަރުން ކުރިމަތިލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355