twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަނބު މޫސުން، މަޖާ ގަނޑެއް ނެތް ތަ!؟

ޚަދީޖާ އާދަމް
Feb 19, 2020
2

މަޖާ ގަނޑެކޭ ބުނީމަ ކުޅު ދިޔާ ނުވާނެ ދިވެއްސެއް ނުހުންނާނެ އެވެ. މޫދަށް ދާއިރު ނުވަތަ ގްރޫޕު އެންމެ އެއްވެލައިގެން މޮޑެލައިގެން ކާލަން މިއަށްވުރެ މީރު އެއްޗެއްވެސް ނުހުންނާނެއެވެ.

މަޖާ ގަނޑެއް ހަދާނަމަ އެއަށް އެކި ބާވަތްތައް އަޅައެެވެ. މަޖާ ހެދުމަށް މައިގަނޑު އެއްޗަކީ ފަޅޯ ކަމުގައިވިއަސް އަނބަކީ މޫސުމީ މޭވާއަކަށް ވެފައި ކޮންމެ ދުވަސް ވަރަކީ އަނބު ލިބޭނެ ދުވަަސް ވަރެއް ނޫންކަމުން މިއީ ތަދު އެއްޗެކެވެ. އެހެން ކަމުން މި މޫސުމަކީ އަނބު މަޖާގަނޑެއް ހަދާލަން ރަނގަޅު ދުވަސްކޮޅެކެވެ.

ކޮންމެ ގެޔެއްގަހެން ބޮޑު އަނބު ގަހެއް ހުންނަ އިރު ބޮޑު އަގުގައި ނުގަނެ މިއީ މި މޫސުމުގައި ފަސޭހައިން ލިބޭނެ އެއްޗެކެވެ.

މޫދަށް ދަންޏާ މަޖާ ގަނޑެއް މޮޑެން ޖެހޭ

ކުޑައިރު މިއީ މޫދަށް ދާނަމަ ކޮންމެހެންވެސް ގެންދަން ޖެހޭ އެއްޗެކެވެ. އެއިރު މަޖާ ހާއްސަ ވެފައި އޮންނީ ވެސް މޫދަށެވެ. ނަމަވެސް މިހާރު ގާނޑިޔާތަކުންވެސް މަޖާ ލިބެން ހުރެއެވެ. މަޖާ ހެދުމަށް ކުރަންޖެހޭ ބުރަ މަސައްކަތް ދޫކޮށް ހަވީރު ފިންޏަށް ނުކުމެ ކާލާ އެއްޗަކަށް މަޖާވަނީ ވެފައެވެ.

ކުޅިވީވަރެއް ހެޔޮވަރު

މަޖާ ކަނޑެއްގެ އެންމެ ހާއްސަ ކަމަކީ އޭނގެ ކުޅިކަމެެވެ. ނޭފަތުންނާއި ލޮލުން ފެންއައިސް މީހާ އަވަދި ވިއަސް މަޖާ ކާންވާނީ ކުޅިކޮށެވެ. މަޖާ މޮޑެމުންދާއިރުވެސް އެ ކުޅި ކުރުމަށް ގޮވާ މީހެއް ހުންނާނެއެވެ. މަޖާ ގަނޑަށް ލާ ބޮޑު ހުތްގަނޑާ، އަޅާ ރިހާކުރާ އެކުވެ އެދޭ ކުޅި ރަހައަކީ ފާހާނާއަށް ދާން ޖެހުނަސް "ވޯތް" ރަހައެކެވެ.

ރަތް ގަރުދިޔަ ހުރިއްޔާ ތި ނިމުނީ

މަޖާގަނޑު މޮޑެން ރަތް ގަރުދިޔަ ކޮންމެހެން ވެސް ހުންނަށް ޖެހޭނެެއެވެ. މަޖާގަނޑުގެ ރަަހަ ހެޔޮވަރު ކުރަން މިއީވެސް ފެން އަޅައިގެން ވެސް މަޖާ މޮޑުނު ކަމުގައިވިއަސް މިއީ މި ރެސިޕީ ފުރިހަމަ ކަމާއެކު ނިންމަން މުހިއްމު އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355