twitterviber whatsapp telegramfacebookyoutube instagram
26th April 2024

"ލަވް އާޖް ކަލް" ސާރާގެ ފުރަތަމަ ފްލޮޕް؟

ޚަދީޖާ އާދަމް
Feb 20, 2020

ބޮޑު އުންމީދެއް ކުރެވުނު "ލަވް އާޖް ކަލް" ގެ ސީކުއަލް ބޮކްސް އޮފީހުގައި މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ރިލީޒް ކުރި ފުރަތަމަ ދުވަހު 12 ކަރޯޑްގެ ބޮޑު އާމްދަނީއަކާއެކު އެޅުވި މި ފިލްމު ބެލުންތެރިން އުންމީދު ކުރިހާ ފުރިހަމައެއް ނުވިއެވެ. ސާރާ އަލީ ޙާންއާއިއެކު ފިލްމުގައި ދެން ފެނިގެން ކާތިކް އާރިޔާން އެވެ. މިއީި ކާތިގް ފިލްމަކަށް ފުރަަތަމަ ދުވަހު މިހާ ބޮޑު އާމްދަނީއެއް ލިބުނުވެސް ފުރަތަމަ ފިލްމެެވެ.

ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެމުން ސާރާ ބުނީ އޭނާގެ މަސައްކަތަކީ ކޮންމެ ފިލްމެއްގައިވެސް ޑައިރެކްޓަރު ހިތްހަމަ ޖެހޭ ވަރަށް އޭނާގެ އެކްޓިން ދެެއްކުން ކަމަށާއި ލަވް އާޖް ކަލްގައިވެސް އޭނާ މަސައްކަތް ކުރީ އެންމެ ފުރިހަމަ އެކްޓިން ދެއްކޭތޯ ކަމަށެވެ. އަދި ފިލްމު ފްލޮޕަކަަށް ވީ ނަމަވެސް އުންމީދު ކުރަނީ އޭނާގެ ފޭނުން މިހާރުވެސް ދެމުން ގެންދާ ސަޕޯޓާއި ލޯބި ދެމުން ދިއުން ކަމަށްވެސް ސާރާ ބުންޏެވެ.

މީގެ އިތުރުން ސާރާ ބުނީ ފިލްމުގެ ސޫޓީންތައް ދިގުލައިގެން މަސައްކަތް ނުފެށި ފޫހިވި އެތައް ވަގުތެއް އައިކަމަށާއި އެހުރިހާ ވަގުތެއްގައި ކަންތައް ކުރީ ސާރާގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގ ގެ ލަފާގެމަތިން މަންމަ ކަންތަައް ކުރަން ބުނެދިން ގޮތަށް ކަމަށެވެ. މި ފިލްމު އެޅުވިތާ 5 ދުވަސް ވެފައިވާއިރު މިހާތަނަށް ލިބިފއިވަނީ 29 ކަރޯޑް ރުފީސްއެވެ.

"ލަވް އާޖް ކަލް" އަކީ ހަމަ އެނަމުގައި އިމްތިޔާޒް އަލީ 2009 ވަނަ އަހަރު ސާރާގެ ބައްޕަ ސައިފް އަލީ ޙާން ލީޑަށް ލައިގެން ނެރުނު ކާމިޔާބު ފިލްމުގެ ސީކުއަލް އެކެވެ.

ސާރާ މިހާރު ކުރަމުން ދަނީވެސް ފިލްމެއްގެ ރީމޭކެކެވެ. އެއީ ވަރުން ދަވަންއާއި އެކު "ކޫލީ ނަންބަރ 1" ގެ މަސައްކަތެވެ. މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ މި އަހަރު މޭ 1 ވަަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355