twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އިންތިހާބުގެ ކުރިން އެމްޑީޕީއަށް 3 ގޮނޑި ކަށަވަރުވެއްޖެ

ޚަދީޖާ އާދަމް
Feb 21, 2020

އަންނަ ލޯކަލް ކައުންސިލްގެ 3 ގޮނަޑި އިންތިހާބުގެ ކުރިން އެމްޑީޕީއަށް ކަށަވަރު ވެއްޖެ އެެެވެ. މި 3 ގޮނޑި އެމްޑީޕީއަށް ލިިބިައިވަނީ ނ ކުޑަފަރީންނެވެ.

ކުޑަފަރީ ކައުންސިލްގައި އަންހެންނަށް ހާއްސަ ކޮށްފައިވާ ދެ ގޮނޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފޯމް ހުށައެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ކުޑަރީން ކުރިމަތިލާފައިވަނީ 3 އެމްޑިޕީ މެންބަރުން ކަމުން އިންތިހާބު ބާއްވަން ނުޖެހި އެ ތިން ކެންޑިޑޭޓުންނަށް ގޮނޑި ވަނީ ކަށަވަރުވެފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ކުޑަފަރީ ގޮފިން އަދި އެޕާޓީގެ ސޯޝަލް މީޑިއާގެ އެކްޓިސްޓުން ވަނީ އެކަން ފާހަގަކޮށްފައެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައިވީ ނަމަވެސް ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވިއިރު ހުށައަޅާފައިވަނީ ކިހާ އަދަދެއްގެ ފޯމެއް ކަމެއް އިލެކްޝަންސް ކޮމިޝަނުން އަދި ނުބުނެއެވެ..

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވ. އަދި މި އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293