twitterviber whatsapp telegramfacebookyoutube instagram
13th September 2026

ކުޅުދުއްފުށި "ފަހި ސިޓީއަކަށް" ހެދުމަށް އަހުމަދު ސައީދު މޭޔަރުކަމަށް ވާދަކުރައްވަނީ

ޚަދީޖާ އާދަމް
Feb 25, 2020
10

ކުޅުދުއްފުއްޓަކީ މާދަމާގެ ޖީލުތަކަށް ފަހި ސިޓީއަކަށް ހެދުމަށް، އަހުމަދު ސައީދު، މ. އެސްޓަންވިލާ (މުސްތަރީމަންޒިލް/ ހދ ކުޅުދުއްފުށި) ކުޅުދުއްފުށީގެ މޭޔަރުކަމަށް ކުރިމަތިލައިފި އެވެ.

އަހުމަދު ސައީދު މޭޔަރު ކަމަށް ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުންނެވެ. މިކަން ހާމަކުރައްވާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަމިއްލަ ގޮތުން އިންތިހާބުގައި ބައިވެރިވީ ހާމަ ކަމާއެކު ތަފާތު ކުރުމެއް ނެތި ހުރިހާ ބޭފުޅުންނާއި ގުޅުގެން ކުރިއަށް ދިއުމަށް ކަމަށާއި ކުޅުދުއްފުއްޓަކީ އަމާން، ފާގަތި، ފުއްދުންތެރި އަދި ފުރިހަމަ ފަސޭހަ "ފަހި ސިޓީ" އަކަށް މާދަމާގެ ޖީލުތަކަށް ހެދުމަށް ކަމަށެވެ.

އަދި މި ވަގުތަކީ މާޒީން އިބްރަތް ހާސިލްކޮށް ބަދަލަކަށް ބޭނުން ވެފައިވާ ވަގުތެއް ކަމަށާއި ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު މާހައުލެއް އޮވެގެން ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ރަނގަޅު މާހައުލެއް ހޯދައި ދެވޭނީ ބަޔަކަށް ބަރޯސާ ނުވެ ކުރިއަށް ގެންދެވޭނެ ދެމެހެއްޓެނިވި ތަރައްގީ ގެ ޕްލޭނެއް ހެދި ތަންފީޒް ކުރެވިގެން ކަމަށެވެ.

މީގެ އިތުރުން މިކަން ހާސިލް ކޮށްދިނުމަށްޓަކައި ސިޓީ ކައުންސިލް އިންތިހާބުގައި ވާދަކުރާ "ޓީމެއް" ފަހަތުގައި އެބަ އޮތްކަމަށްވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293