twitterviber whatsapp telegramfacebookyoutube instagram
20th May 2024

ފަސްޓް ރެސްޕޮންޑާ ޓްރެއިނިންގ ޕްރޮގުރާމުން ގިނަ އާ ކަންތައްތައް ދަސްވި

އަބްދުލް ވާހިދު ޙަސަން
Feb 27, 2020

ޔޫއެސް އެމްބަސީން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ފަސްޓް ރެސްޕޮންޑާ ޓްރެއިނިންގ ޕްރޮގުރާމު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިމަހު 24-28 އަށް ކުޅުދުއްފުށީގައި ހުންނަ ނޮދަން އޮފީސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ޕްރޮގުރާމް ނިންމާލާފައިވަނީ މިއަދު އެވެ.

އެމެރިކާގެ ސިވިލް މިލިޓަރީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ކުޅުދުއްފުށީގައި ގުޅުން ހުރި އެކި މުވައްސަސާތަކުން 30 ފަރާތްތަކުން ބައިވެރިވެ، ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.

މި ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ މި ޕްރޮގުރާމުން ވަރަށް ގިނަ އާ ކަންތައްތައް ދަސްވި ކަމަށާއި އަދި މީހުންނަށް ދިމާވާ ސިއްހީ ކުއްލި ހާލަތުގައި ބޭނުންކުރާ ވަސީލަތްތައްވެސް ބޭނުންކުރަން ދަސްވި ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ޓްރެއިނިންގ ޕްރޮގުރާމެއް. ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި ދަސްވި މި ޕްރޮގުރާމުން." މި ޓްރެއިނިންގ ގައި ބައިވެރިވި އެހެން ފަރާތްތަކުން ބުންޏެވެ.

މި ޓްރެއިިނިންގގައި ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތައް ވެސް ކުރިއަށްގެންދިޔަ އެވެ. އަދި މެޑިކަލް އެމަޖެންސީ އާއި ރެސްކިއުގެ މުހިންމު ބައިތައް ކިޔަވާދިނެވެ.

މި ޓްރެއިނިންގައި އެމްއެންޑީއެފް، ރެޑްކްރެސެންޓް، ނަރުހުން އަދި ހެލްތް ކެއާރ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވީ ޔޫއެސް މިލިޓަރީގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ޓްރެއިނިންގެ މަގުސަދަކީ މިހާރަށް ވުރެ ބޮޑަށް އިންސާނިއްޔަތުކަމަށް މީހުން ހޭލުވެރިކުރުވާ އެފަދަ ކަންކަމުގައި މީހުން ބައިވެރިވާ މިންވަރު އިތުރުކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355