twitterviber whatsapp telegramfacebookyoutube instagram
10th April 2025
ކުޅުދުއްފުށި މޭޔަރުކަމަށް ވާދަކުރާ ހަތަރު ބޭފުޅުންގެ ތެރެއިން މިއަދު ގުރުއަތުލުމުގައި ބައިވެރިވި ތިން ކެންޑިޑޭޓުން، (ކ،ވ) އާދަމް ޝަރީފް، މުހައްމަދު އާތިފް، އަބުދުﷲ އިގްބާލް--

ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ހަތަރު ބޭފުޅަކު ވާދަކުރައްވަނީ

އަބްދުލް ވާހިދު ޙަސަން
Mar 4, 2020
5

ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. އަންނަ އޭފްރީލްމަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި މިއަދު ވަނީ ގުރުއަތުލުން ބާއްވާފަ އެވެ.

ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދިޔަ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ގުރުއަތުލުމުގައި ކުޅުދުއްފުށި ސިޓީއަށް ކުރިމަތިލައްވާފައިވާ ހަތަރު ކެންޑިޑޭޓުންގެ މެދުގައި ވަނީ ގުރުއަތުލުން ކުރިއަށްގެންގޮސްފަ އެވެ.

ހަތަރު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު އާތިފާއި ޕީޕީއެމުގެ ފަރާތުން ވާދަކުރައްވާ އަބުދުﷲ އިގްބާލެވެ. އަދި އަމިއްލަގޮތުން މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުން ހިމެނެ އެވެ. އެއީ އާދަމް ޝަރީފް އާއި އަހުމަދު ސައީދެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން:

  • ކެންޑިޑޭޓް ނަންބަރު 8: އާދަމް ޝަރީފް މުހައްމަދު ރެޑްޕާރލް/ ކުޅުދުއްފުށި - އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 7: އަހުމަދު ސައީދު، މ. އެސްޓަންވިލާ/ މާލެ - އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 6: އަބުދުﷲ އިގްބާލު އާލަމް/ ކުޅުދުއްފުށި - ޕީޕީއެމް
  • ކެންޑިޑޭޓް ނަންބަރު 9: މުހައްމަދު އާތިފް ހިލްމަން/ ކުޅުދުއްފުށި - އެމްޑީޕީ
އަމިއްލަގޮތުން މޭޔަރުކަމަށް ވާދަކުރައްވާ އާދަމް ޝަރީފް ކެންޑިޑެންސީ ނަމްބަރު ދައްކާލަނީ

މޭޔަރުކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓް ފިޔަވާ ހުރިހާ ކެންޑިޑޭޓުންނެއް ވަނީ ގުރުއަތު ނެގުމުގެ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com