twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ފަސް ބޭފުޅުން

އަބްދުލް ވާހިދު ޙަސަން
Mar 4, 2020
3

ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. އަންނަ އޭފްރީލްމަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި މިއަދު ވަނީ ގުރުއަތުލުން ބާއްވާފަ އެވެ.

ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދިޔަ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ގުރުއަތުލުމުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަސް ކެންޑިޑޭޓުންގެ މެދުގައި ވަނީ ގުރުއަތުލުން ކުރިއަށްގެންގޮސްފަ އެވެ.

ހަ ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު އެއްބޭފުޅަކު މިއަދުގެ ވަގުތެއްގައި ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ. ނަން އަނބުރާ ގެންދެވީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓެއްކަމަށްވާ ހދ ނޮޅިވަރަމް/ ރަތްކަނދޮޅުގެ، އާދަމް ޒިޔާދެވެ.

އެެހެންވުމުން ގުރުއަތުލުން ކުރިއަށްގެންދިޔައީ ފަސް ކެންޑިޑޭޓުންގެ މެދުގައި އެވެ. އެއީ އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި ޕީޕީއެމް އަދި އެމްޑީޕީ ކެންޑިޑޭޓެކެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • ކެންޑިޑޭޓް ނަންބަރު 1: އާދަމް މުހައްމަދު (ބެރު އާދަނު) ފީފާ/ކުޅުދުއްފުށި – އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 5: އަބުދުއްރައްޒާޤް އަހުމަދު ގޭޖް/ ކުޅުދުއްފުށި – ޕީޕީއެމް
  • ކެންޑިޑޭޓް ނަންބަރު 2: އަހުމަދު ސަމީމް ފަށުވި/ ހަނިމާދޫ – ޖުމްހޫރީ ޕާޓީ
  • ކެންޑިޑޭޓް ނަންބަރު 4 : މުހައްމަދު ސިރާޖް ފެސްކޯ/ ވައިކަރަދޫ – އެމްޑީޕީ
  • ކެންޑިޑޭޓް ނަންބަރު 3 : ހުސެއިން އަލީ (ކޭޑީ) ބަބޫގެ/ ކުޅުދުއްފުށި – އަމިއްލަގޮތުން

އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓް ފިޔަވާ ހުރިހާ ކެންޑިޑޭޓުންނެއް ވަނީ ގުރުއަތު ނެގުމުގެ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. ގުރުއަތުލުމުގައި ބައިވެރިވެވަޑައިނުގަންނަވަނީ އަހުމަދު ސަމީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355