twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ފުނަދޫ ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Mar 7, 2020

ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި އެވެ. އަލަށް އެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުވައިދެއްވީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ ށ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ހިދުމަތް ފެށިގެން ދިއުމުން އެހިދުމަތް ހޯދުމަށް އެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ އިތުރުން އެސަރަހައްދުގެ ރިސޯޓުތަކުގެ މުވައްޒަފުން ދަތުގެ ފަރުވާ ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމުގަ އެވެ.

އަލަށް ގާއިމުކުރި މި ހިދުމަތަކީ ރައްޔިތުންގެ ދުޅަހެއްކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކެއްކަމަށް ހެލްތް މިނިސްޓްރީން ފާހަގަ ކުރި އެވެ. އަލަށް މި ހުޅުވުނު ހިދުމަތާއި އެކު ށ. އަތޮޅާއި އެސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ބޮޑު ލުއި ފައްސޭހައެއް ލިބޭނެ ކަމަށް މިނިސްޓްރީން ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355