twitterviber whatsapp telegramfacebookyoutube instagram
20th August 2025

ރޭ ފަތިސް ނަމާދަށް ފަހު ގެފުޅުގެ "މަޠާފް" ސަރަޙައްދު ހުޅުވާލައިފި

Mar 7, 2020

ރޭ ފަތިސް ނަމާދުން ފެށިގެން ކައުބަތުﷲ ގެފުޅުގެ "މަޠާފް" ސަރަޙައްދު ޢާއްމުންނަށް ހުޅުވާލާފައިވާކަމަށް ސަޢުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ޠަވާފުކުރުމަށް އާއްމުންނަށް ހުޅުވާލާފައިވީ ނަމަވެސް އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި އެހެން ގައުމުތަކުގެ މީހުންނަށް އެސަރަޙައްދަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ހަލުވި ކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ކައުބަތުﷲ ގެފުޅުގެ "މަޠާފް" ސަރަޙައްދު ނުވަތަ ގެފުޅުގެ ވަށައިގެން ޠަވާފުކުރުމަށް އޮންނަ ސަރަޙައްދު ސާފުކޮށް ސެނިޓައިޒް ކުރުމަށް ބަންދުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހަރަމްފުޅުގެ މަތީ ފަންގިފިލާތަކުގައި ޠަވާފު ކުރެވޭނެގޮތް ހަމަޖައްސާފައި ވީ ނަމަވެސް އަޅުކަން އަދާކުރުމަށް އެގައުމަށް އެތެރެވާ އެހެންގައުމުތަކުގެ ރައްޔިތުންނަށް އެގައުމަށް އެތެރެވުން އޮތީ މަނާކޮށްފައެވެ. މިފިޔަވަޅު އެޅުމުގެކުރިން އެގައުމަށް އެތެރެވެފައިވާ ދިވެހި އުމްރާވެރިން އަދި ތިބީ އެޤައުމުގައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355