twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްޑީޕީ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލައިފި

Mar 8, 2020
1

ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ޕްޒިޓިވްވުމާ ގުޅިގެން، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން މަޑުޖައްސާލައިފި އެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ އެމްޑީޕީން 876 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. "ރަށްވެހި ފަތިސް"ގެ ނަމުގައި އެމްޑީޕީގެ ކެމްޕެއިން ފަށާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ގެންދަވަނީ އަތޮޅު ތެރެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އެމްޑީޕީން ރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިރޭން ފެށިގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

ވައިރަހަށް ޕޮޒިޓިވް ކޭހެއް ފެނުމުގެ ކުރިންވެސް، ގިނަ ބަޔަކާއެކު އެއްވުންތައް ބާއްވަމުން ގެންދިޔުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އެމްޑީޕީއަށް އަމާޒުވެފަ އެވެ. އަދި އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބު ފަސްކުރުމަށްވެސް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފަ އެވެ.

މީގެ އިތުރުން ރޭ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ހަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355