twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންތިހާބު ފަސްކުރަން ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާކުރަނީ

Mar 8, 2020

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އައުމާއެކު އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާމެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ފަސްކުރުމާއި މެެދު މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމަވާނީ އެންމެގެ ހިޔާލާއެކު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށާއި އިންތިހާބަކީ ސަރުކާރުގެ އަމިއްލަ އެކަނި އެއްޗެއް ނޫން ކަމަށެވެ. އެއީ ސަރުކާރާއި ސަރުކާރުގެ ވާދަވެރި ޕާޓީތަކާއި ހުރިހާ ރައްޔިތުންގެވެސް ހައްގެއް ކަމަށާއި އެކަމުގައި ނިންމަވަން ވާނީ ކަލެކްޓިވް ޑިޒިޝަނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގައި މަޝްވަރާގެ މަތިން ސަރުކާރުން ގޮތެއް ނިންމެވި ނަމަވެސް، ފަހުގެ ނިންމުން ނިންމަވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ކަން ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެއާއެކު އިންތިހާބު ފަސްކުރުމަށް ބައެއް އާންމުން ދަނީ ގޮވާލަމުންނެވެ.

ދެ މީހަކު ކުރެއްދޫ އިން ބައްޔަށް ޕޮޒިވް ވެފައިވާއިރު، އެ ރަށް މިހާރު އޮތީ އޮރެންޖް އެލާޓަށް ބަދަލުކޮށް، ރަށަށް އަރައި ފޭބުން ވެސް މަނާކޮށްފަ އެވެ.

އިންތިހާބު ބޭއްވުމަށް މަހަކަށްވުރެ ކުޑަ ދުވަސްވެފައިވާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިންވެސް މަޑުޖައްސާލާފަ އެވެ. އެގޮތުން އެމްޑިޕީއާއި ޕީޕީއެމް އިން ވަނީ ކެމްޕެއިން ހަރަކާތްތައް ހުއްޓާލާފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ބޭއްވުމަށް ނިންމި އެ ޕާޓީ ކައުންސިލް ކެމްޕެއިން ލޯންޗިން ޖަލްސާވެސް ވަނީ ފަސްކޮށްފަ އެވެ.

ރާއްޖޭގެ ހާލަތަކީ ޔެލޯ އެލާޓަށެވެ. ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ. އޮރެންޖް އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355