twitterviber whatsapp telegramfacebookyoutube instagram
9th December 2025

ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކާއެކު އެމްޑީޕީ ކެމްޕެއިން އަލުން ފަށަނީ

ޚަދީޖާ އާދަމް
Mar 9, 2020
1

މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކާއެކު އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ކުރިއަށް ގެންދަން އެ ޕާޓީގެ މައި ކެމްޕެއިން ޓީމުން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ އެއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއިން ވައިރަސް ފެނުމާ ގުޅިގެން ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ޕާޓީން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއާއި އެކު ހޮނިހިރު ދުވަހުގެ ރެޔަށް ތާވަލުކޮށްފައި އޮތް ރަށްވެހި ފަތިސް ފެސްޓިވަލް ނިންމާ ހަފްލާވެސް ކެންސަލުކުރި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކޮވިޑް-19އާ ގުޅޭގޮތުން އާންމުކުރާ މައުލޫމާތާއި ހަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން އާންމުންނާ ހިއްސާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355