twitterviber whatsapp telegramfacebookyoutube instagram
23rd November 2026

ކުޅުދުއްފުށީގައި ހުންނަ ޕާކުތައް ވަގުތީގޮތުން ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Mar 14, 2020
1

ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ހުންނަ ޕާކްތައް މިއަދު ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށް ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ޓާސްކް ފޯސް އިން ބުނެފި އެވެ.

މިކަން އިއުލާނުކޮށް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ވައިރަސްއާ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީ ޕާކްތައް މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކުރެވިފައިވާކަމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި އާންމު ސަރަހައްދު ތައް ކަމުގައިވާ މޫދު އެރޭ ސަރަހައްދުތަކަށް ދަތުރު ދިއުމާއިި ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ނަސޭހަތް ތެރިވާކަމުގަ އެވެ.

އެ ކައުންސިލުން ވަނީ ގިނަ މީހުން އެއްވެ އުޅޭ ސަރަހަށްދު ތަކަށް އެއްވެ ނޫޅުމަށްވެސް ނަސޭހަތްތެރި ވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސްވަނީ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށާއި ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލް ތަކަށް ނުދިއުމަށް އެދިފަ އެވެ.

ރާއްޖެއިން މި ވައިރަސްއަށް 9 މީހަކު ޕޮޒިޓިވް ވެފައިވާ އިރު ގިނަ ރަށް ރަށުގެ ޕާކުތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތައް ވެސް ދަނީ ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293