twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮޑު ދެ ޖަނަރޭޓަރު ހަލާކުވެ ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ

އަބްދުލް ވާހިދު ޙަސަން
Mar 15, 2020
3

ކުޅުދުއްފުށި ސިޓީން ދެ ޖަނަރޭޓަރު ހަލާކުވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަން ފަށައިފި އެވެ.

ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް 6 ޖަނަރޭޓަރެއް ބޭނުންކުރެ އެވެ. އެއީ އެއް މެޖަވޯޓްގެ ތިން ޖަނަރޭޓަރާއި 800 ވޯޓްގެ ތިން ޖަނަރޭޓަރެވެ.

އެތަނުން މައްސަލަ ޖެހުނީ 1 މެގަވޯޓްގެ ދެ ޖަނަރޭޓަރުގައި އެވެ. 1 މެގަވޯޓްގެ ދެ ޖަނަރެޓަރު ހަލާލުވީ މިއަދު ހެނދުނު އެވެ. އެކަމާ ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓް ކަނޑަމުންނެވެ.

ފެނަކައިން ބުނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 800 ކިލޯވޯޓްގެ އާ ޖަނަރޭޓަރު ސެޓެއް މިރޭގެ ވަގުތެއްގައި އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިއަދު ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ފެނަކާގެ އެމްޑީ، ބައްދަލުކުރައްވައި ކަރަންޓްގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދުމަށް އެދިވަޑައިގެން މަޝްވަރާކުރައްވާފަ އެވެ.

ކޭއޯއަށް ޔާސިރު ވިދާޅުވީ، މި ބައްދަލުވުމުގައި ކަރަންޓްގެ މައްސަލާގެ އިތުރުން އިންޖީނުގެ އަޕްގުރޭޑިންގެ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ. އަދި ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ހާމަކޮށްފައިވާކަމަށް ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިންވެސް ފެނަކައާއެކު ބޭއްވި ބައްދަލުވުންތަކުގައި ރަށުގެ ކަރަންޓްގެ ހާލަތު ހިއްސާކޮށްފައިވާނޭ ކަމަށާއި މިއަދު ދެ ޖަނަރޭޓަރު މައްސަލަ ޖެހިފައިމިވަނީ އިތުރު އެއް މެގަވޯޓްގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް ޔާސިރު ފާހަގަކުރެއްވި އެވެ.



ކަރަންޓްގެ މައްސަލަ ހައްލުވާނެ ވަގުތެއް އަދި ނޭނގޭއިރު އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ. ކަރަންޓް ކަނޑަމުންދާތީ ރައްޔިތުންގެ ކިބައިން އެފަރާތުން ވަނީ މާފަށް އެދިފަ އެވެ. އަދި ކަރަންޓް މެދުކެނޑޭ ވަގުތުތަކުގައި އިލެކްޓޯނިކް ތަކެއްޗަށް ސަމާލުވުމަށްވެސް އެފަރާތުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355