twitterviber whatsapp telegramfacebookyoutube instagram
6th July 2025

އެންޒީގެ އުފެއްދުންތައް ގެއަށް ޑެލިވާކޮށްދެނީ

ނަބީލާ އިސްމާޢީލް
Mar 23, 2020

ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނިކުތުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާ މި ދަނޑިވަޅުގައި އެންޒީގެ ފިހާރަތަކުން ކަސްޓަަމަރުންގެ އޯޑަރުތައް މިއަދުން ފެށިގެން ގޭގެއަށް ޑެލިވަރީކޮށްދޭން ނިންމައިފި އެވެ.

އެގޮތުން އެންޒީ އިން ބުނީ މިއަދުން ފެށިގެން 200 ރުފިޔާ އިން މަތީގެ އޯޑަރުތައް ގޭގެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

އެކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ސްމޯކްޑް ޓޫނާގެ އެކި ބާވަތްތައް، ރޯމަސް، ދަޅު މަސް އަދި ބޭކަރީ އެންޑް ޕޭސްޓްރީ ގެ އުފެއްދުންތަކަށް އޯޑަރު ދިނުމުން ގެއަށް ގެންގޮސްދޭނެ ކަމަށް އެންޒީ އިން ބުންޏެވެ.

އެކުންފުނިން ބުނީ ކަސްޓަމަރުން ގޭގައި ތިބެގެން ފޯނުން ގުޅައި އޯޑަރު ކުރެވޭނެ ކަމަށެވެ. މާލޭގައި ނަމަ ހޮޓްލައިން ނަމްބަރ 7248899 އަދި ހުޅުމާލޭގައި ނަމަ 7258899 އަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ. އަދި އޯޑަރު ދިނުމަށް 08:30 ން 4:00 އާއި ދެމެދު ގުޅުމަށް އެންޒީއިން އެދެ އެވެ.

އެންޒީއިން އެދެނީ މި ދަނޑިވަޅުގައި ރައްކާތެރިކަމާއި އެކު ގޭގައި ތިބެގެން އެކުންފުނީގެ ފުރީ ޑެލިވަރީގެ ހިދުމަތް އެންމެ ފުރިހަމައަށް ހޯދުން ކަމުގައި އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355