twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކޮވިޑް 19އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް އެންމެ އިހުބަހާއި ފަހުބަސް ބުނާނީ ސިއްހީ ތަޖުރިބާކާރުން: ރައީސް

Mar 25, 2020

ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލުކުރާނެ ގޮތުގެ އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ބުނާނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ފަރާތްތައްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޯވިޑް 19ގެ ރާއްޖޭގެ ހާލަތާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގައި އަންނަނީ ސިއްހީ ފަރާތްތަކުގެ ލަފަޔާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވަމުންކަމަށެވެ.

"ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގައި އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން. މިކަން ކުރަމުން އަންނަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔަށް. މިކަމުގައި އެންމެ އިހު ބަހާއި ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން." ރައީސް ވިދާޅުވި އެވެ.

އަދި ޑޮކްޓަރުންނާއި ސިއްހީ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ވަނީ އާއްމު ރައްޔިތުންނަށްވެސް އިލްތިމާސްކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބަލީގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް އިންތިހާއަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިބަލިން ރައްކާތެރިވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރަތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ގޭގައި ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355