ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ކައުންސިލްތަކުގެ ބަޖެޓްގައި ކަނޑައެޅި ފައިސާގެ އަދަދު ރިވައިސްކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރައްވައިފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި ކަނޑައަޅާފައި އޮތީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުުމަށް ކަމަށާއި އާމްދަނީ އަށް ބަދަލު އަައުމުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. ހަދަން ޖެހޭ ރިވިޝަންތައް ހެދުމަށްފަހު އަންނަ ހަފްތާ މަޖިލީހަށް ހުށައަޅަން ގަސްތު ކުރާ ކަމަށް އާމިރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ކައުންސިލްތަކަށް ދޭ ބަޖެޓް ރިވައިސް ކުރަން މަޖިލީހަށް ހުށަހަޅަން ޖެހެނީ އެއީ ގާނޫނަކުން ވަކި ގޮތަކަށް ކަނޑައަޅައިގެން ކޮށްފައިވާ އަންދާޒާތަކަކަށް ވާތީ ކަމަށެވެ.
އަމީރު ވިދާޅުވީ ދައުލަތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުގެ ތެރެއިން އުނިކުރާނީ އެއް ބިލިޔަން ރުފިޔާ ކަމަށް ކުރިން އިއުލާނުކޮށްފައި ވިޔަސް މިހާރު ވިސްނުން ހުރީ ހަރަދު އެއަށް ވުރެ ވެސް ކުޑަކުރަން ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާއި އެބަލި ފެތުރުނަ ނުދޭން ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓި އާމްދަނީގެ ބޮޑު ބައެއް ވަނީ ދަށަގޮސްފަ އެވެ.