twitterviber whatsapp telegramfacebookyoutube instagram
17th September 2025

ރާއްޖެއަށް ފިޔާއާއި ބިސް ހިފައިގެން ދަތުރުކުރި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަދީޖާ އާދަމް
Apr 4, 2020

އިންޑިއާ އިން ރާއްޖެ އަށް ފިޔައާއި ބިސް ހިފައިގެން ދަތުރު ކުރި ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެޕްއިން ބުނެފި އެވެ.

ރާއްޖެ އަށް ފިޔައާއި ބިސް ހިފައިގެން ދަތުރު ކުރި އެމްވީ ވީބީ ޕްރޮގްރެސްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން އެމްއެންޑީއެފަށް ރޭ ދަންވަރު 12:30 ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް، ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ހާދިސާ ހިނގި އިރު ބޯޓު ދަތުރުކުރަމުން އައީ ރާއްޖޭގެ ބޭރު ކަނޑުންނެވެ. އެ ބޯޓުގައި ތިބީ 11 ދިވެހިންކަމަށާއި ބޯޓުގެ ފަޅުވެރިން ބޯޓުގެ އިންޖީނު ހެދުމަށް ފަހު، މިހާރު ބޯޓް ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ބޯޓަށް މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހު، 15:00 އެހާކަންހާއިރު އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355