twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިތުރު ކޮމްޕެނީން، އިންޑިޔާއިން ފިޔާ، އަލުވި، އަދި ބިހުގެ ޝިޕްމެންޓެއް ކުޅުދުއްފުއްޓަށް ގެނެސްފި

- ޝިޕްމެންޓް ގެނެސްފައިވަނީ ސީދާ އިންޑިޔާއިން
- ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ އަގުހެޔޮކޮށް
- ބާޒާރަށް މުދާ ނެރެވޭވަރުވާނީ ބުރާސްފަތި ދުވަހު

އަބްދުލް ވާހިދު ޙަސަން
Apr 7, 2020
6

ކޮވިޑް-19 އާ ގުޅިގެން އިންޑިޔާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ފިޔާ، އަލުވި އަދި ބިސް ލިބުމުގައި ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފިޔާ، ބިސް، އަލުވިގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ސަރުކާރުން ހާމަކޮށްފައިވަނީ ބާޒާރުގައި ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވަނީ މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށެވެ. އެހެންވެ މީގެ ފަހުން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ މިތުރު ކޮމްޕެނީން އަންނަނީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް މިތަކެތި އިންޑިޔާ މަގުން ކުޅުދުއްފުއްޓަށް ގެންނަމުންނެވެ. އެގޮތުން މިފަހަރުގެ ޝިޕްމެންޓް ވަނީ މިއަދު ހެނދުނު ކުޅުދުއްފުއްޓަށް އައިސްފަ އެވެ.

މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ، ރޯދައަށް ގެނައި މި ޝިޕްމެންޓް މިފަހަރު ކަންތައް ދިމާވި ގޮތުން މިއައި ތަންކޮޅެއް އަވަހަށް ކަމަށާ އެހެން ދިމާވީ އިންޑިޔާ ލޮކްޑައުންގައި އޮތުމުން ބޯޓް ފަހަރާއި އެތެރޭގައި މުދާ އުފުލުމުގައި ހުރި އުނދަގޫތަކާ ހެދި ކަމަށެވެ.

"
"ހޯލް ސޭލް ކޮންޓްރޯލްކުރާނަން. ރީޓެއިލް ކޮންޓްރޯލެއް ނުކުރާނަން. ހޯލް ސޭލް ކޮންޓްރޯލްކުރަނީ ގިނަ ބަޔަކަށް ނުލިބިދާނެތީ." ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު ވިދާޅުވި އެވެ.

ޓުޓިކޮރިނުން ގެނައި މި ޝިޕްމެންޓްގައި ފިޔާ، އަލުވި، ބިސް އަދި ކެބެޖް ފަދަ މުދާ ގެނެސްފައިވެ އެވެ. އޭނާ ވިދާޅުވީ، މުދަލުގެ އަގުތައް އަދި ފައިނަލު ނުވާކަމަށާ އެކަމަކު ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެއް ބޮޑު ނޫން އަގަކަށް ވިއްކޭނެ ކަމަށެވެ.

"އަގުތައް އަދި ކަނޑައަޅާފައިނުވިނަމަވެސް ވަރަށް ބޮޑަށް ޔަގީންކަން ދެން ﷲ އިރާދަކުރެއްވިއްޔާ ސަރުކާރުން ކޮންޓްރޯލްކޮށްފައި ހުރި އަގަށް އަޅުގަނޑުމެން އަތުން ގެންގޮސްގެން ވިއްކޭނެ." މަޝްހޫރު ވިޔަފާރިވެރިޔާ ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ، މުދަލުގެ ބޮޑުބައެއް ހޯލް ސޭލްކޮށް ވިއްކާލެވެން މިހާރުވެސް ވިޔަފާރިތަކުން ޝައުގުވެރިކަންފާޅުކުރަމުންދާ ކަމަށާ ނަމަވެސް ހޯލް ސޭލްކުރާނީ ކޮންޓްރޯލްކޮށްގެން ކަމަށެވެ. ހޯލް ސޭލް ކޮންޓްރޯލްކުރަނީ ގިނަ ބަޔަކަށް ނުލިބުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ހޯލް ސޭލް ކޮންޓްރޯލްކުރާނަން. ރީޓެއިލް ކޮންޓްރޯލެއް ނުކުރާނަން. ހޯލް ސޭލް ކޮންޓްރޯލްކުރަނީ ގިނަ ބަޔަކަށް ނުލިބިދާނެތީ." ޒުހެއިރު ވިދާޅުވި އެވެ.

މުދާ ބޯޓް މިއަދު ކުޅުދުއްފުއްޓަށް އައިނަމަވެސް ބޯޓް ބަނދަރުކޮށް މުދާ ބާޒާރަށް ނެރެވޭވަރު ވާނީ ބުރާސްފަތިދުވަހުން ކަމަށް މިތުރުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355