twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވަކި މުއްދަތެއް ނެތް ގޮތަށް ކައުންސިލް އިންތިހާބު ފަސްކޮށްފި

Apr 13, 2020

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަހު 18 ގައި ކުރިން ބޭއްވުމަށް ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މި މަހުގެ ހަތަރެއްގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކާބޮޑުވެ ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އިންތިހާބު ބާއްވާ ތާރީހު މި މަހު 18 އަށް ފަސްކުރީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު މި މަހު 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށް ނިންމުމާ ގުޅިގެން ކުރިން އިންތިހާބު ބޭއްވުމަށް ނިންމި ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ބިރުވެރިކަމެއް ނެތް މާހައުލެއްގައި ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ލިބެން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިހާރު އެ ފަދަ މާހައުލެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ އީސީން ބުނެ އެވެ.

އިންތިހާބު ދެން ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި އެކަށީގެންވާ މާހައުލެއް ލިބުމާއެކު އެކަމުގައި އަމަލު ކުރާނެ ގާނޫނީ ހައްލެއް ލިބުމުން ކަމަށް އިލެކްޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާށާއި މިހާރުގެ ކައުންސިލްތަކުގެ ދައުރު ދަންމާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355